ޖަޒީރާ ރަށްވެހިކަމުގެ ތަރައްޤީގައި ރައީސް ޞާލިޙް އުޅުއްވަނީ މާކުރީގައިކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިބީދައިން ވިދާޅުވީ މާލޭގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތައްޔާރުކުރި "ކުޑަ ގިރި" ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް މިއަދު ވިދާޅުވީ ޖަޒީރާވަންތަ ތަރައްޤީގެ މިސާލުތައް ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެންނަމުންދާ ކަމަށެވެ. އޭގެއިތުރުން މިއީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ބަރާބަރު ސަރުކާރު ކަމަށް އާޒިމް ވިދާޅުވިއެވެ.
“ޖަޒީރާވަންތަކަމުގެ ނިޝާނުގެ ތަރައްގީ ހަގީގަތް ރާއްޖޭގެ ކޮންމެ ރަށަކުން މިހާރު މި އޮތީ ފެންނަމުން. މި ފެންނަނީ މަނިކުފާނުގެ ވައުދުފުޅުގެ ތެދުކަން. އެ ހާމަކޮށްދެނީ ރާއްޖޭގެ ތާރީހު ދުން އެންމެ ބަރާބަރު ސަރުކާރަކީ މިއީކަން.” އާޒިމް ވިދާޅުވިއެެވެ.
ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވަމުން އާޒިމް މިއަދު ވިދާޅުވެފައިވަނީ ކުޑަގިރިއަކީ މާލޭގެ ރައްޔިތުންނަށް ލިބުނު އުފާވެރިކަމުގެ އުއްމީދެއް ކަަމަށެވެ. އަދި އެރަށަކީ ކުރިން މާލޭ ރައްޔިތުން ދަތުރުދިއުމަށް ބޭނުންކުރި ކުޑަބަނޑޮހާ އަޅާބަލާއިރު ދެގުނަ ބޮޑުރަށެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ވޯލްޑްކަޕްގައި މެސީ ނުހިފެހެއްޓުނުގޮތަށް ޖަޒީރާ ރަށްވެހިކަމުގެ ތަރައްގީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް ރައީސް ޞާލިޙާއި ވާދަ ނުކުރެއްވޭނެ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސްގެ ފައިންޕުޅުގައި ދަތި އަޅުވައި ވައްޓައިލާން މަސައްކަތް ކުރެއްވިޔަސް، ރައީސް ޞާލިޙަކީ ތަރައްޤީގެ ބާރު ސްޕީޑްގެ ލީޑަރެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
“ޖަޒީރާ ރަށްވެރިކަމުގެ ތަރައްޤީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް. މަނިކުފާނު ހިފެހެއްޓުމަކީ ނާ މުންކިން ކަމެއް. އިމްޕޮސިބަލް ކަމެއް." އާޒިމް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ މި ސަރުކާރުގައި އެމްޓީސީސީން އެކަނިވެސް 135 މަޝްރޫއު ނިންމައި ހަވާލުކޮށްފައިވާ ކަމަށާއި އިތުރު 130 މަޝްރޫއެއް ނިންމުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށްވެސް އާޒިމް މިއަދު ވިދާޅުވިއެވެ.
ކުޑަގިރި ހެދުމަށްޓަކައި 8 ހެކްޓަރު ހިއްކައި، އައްސޭރިފަށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ނިންމީ އެމްޓީސީސީން ނެވެ. މި މަސައްކަތްތައް އެމްޓީސީސީން ނިންމީ ފަސް މަސް ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު