ކުޑަގިރި ހުޅުވުމަކީ މިސަރުކާރުން އެއްވެސް ރައްޔިތެއް ބާކީ ނުކުރާނެކަމުގެ ހެއްކެއް ކަމަށް ހައުސިން މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ތަރައްޤީކުރި ކުޑަގިރި ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވީ ފެންނަމުންދަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި ސަރުކާރުން ވަޢުދުތައް ފުއްދަމުން އަންނަ މަންޒަރު ކަަމަށެވެ. އެގޮތުން ކުޑަގިރި ހުޅުވުމާއެކުގައި މާލޭގެ ރައްޔިތުންނަށް ވީ އެއްވަޢުދު ފުދިއްޖެ ކަމަށްވެސް އަަސްލަމް މިއަދު ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މާލޭ ރައްޔިތުންނަށް މި ސަރުކާރުން ވެފައިވާ އިތުރު ވަޢުދުތައް ދާނީ ފުއްދަމުން ކަަމަށާއި އެގޮތުން ބްރިޖާއި ބޯހިޔާވަހިކަމަށް ވެފައިވާ ވަޢުދުވެސް މި ސަރުކާރުން ފުއްދާނެ ކަމަށެވެ. އޭގެ އިތުރުން މާލޭ ސަރަހައްދަށްވެސް ބާރު ސްޕީޑްގައި ތަރައްޤީ އަންނާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
“ބްރިޖް ވެސް އަންނާނެ. ބޯހިޔާވަހިކަން ވެސް އަންނާނެ. ދަތުރުފަތުރު ވެސް އަންނާނެ.” އަސްލަމް ވިދާޅުވިއެވެ.
ކުޑަގިރި މިއަދު އާންމުންނަށް ހުޅުވާލިއިރު މިއަދަށް ބުކިން ހެއްދުމަށް ހުޅުވާލީ 300 މީހުންނަށެވެ. އެހެންނަމަވެސް ކުޑަގިރި ތަރައްޤީކޮށްފައިވަނީ އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީއާއެކު ކަމަށް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
އެޗްޑީސީން ބުނީ ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ކުޑަގިރިއަށް ދަތުރު ދިޔުމަށް ޚާއްސަ ފީއެއް ދައްކަންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު