ރާއްޖެއަށް މަސްތުވާތަކެއްޗާއެކު އަންނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް އެކުލަވާލާފައިވާ ޤަވާއިދު އުވާލުމަށް ގޮވާލާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ޙަސަން ލަތީފް މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަތުމަށް ރެޑް ވިޕެއް ނެރުނީ އެމައްސަލަ ޕީޖީ ގްރޫޕްގެ ހުއްދަ ނުހޯދާ މަޖިލީހަށް ހުށައެޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ސުޕަރ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕީޖީން މި މައްސަލާގައި ނެރުނު ތްރީލައިން ވިޕާއެކު ނެގި ވޯޓުން އެމްޑީޕީ މިއަދު ވަނީ ބަލިވެފައެވެ. އެ މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރިއަށް ނުގެންދިއުމަށް އެމްޑީޕީގެ 16 މެމްބަރަކު ވޯޓު ދެއްވި ނަމަވެސް އެމްޑީޕީގެ ބައެއް މެމްބަރުންނާއި ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި އިދިކޮޅު މެމްބަރުން ހިމެނޭ ގޮތުން 24 މެމްބަރަކު ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް ވޯޓުދީފައެވެ.
މައްސަލައަށް ބަހުސް ކުރަށްވަމުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ މައްސަލަ ބަލައިގަތުމާއި ދެކޮޅަށް އެމްޑީޕީގެ ޕީޖީން ތްރީލައިން ރެޑް ވިޕެއް ނެރެފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.
މެންބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، އެމްޑީޕީ ޕީޖީ ލީޑަރަކަށް އޭނާ ހުންނެވި ނަމަވެސް އޭނާ ބޭނުންވާހާ ގޮތަކަށް ޕާލިމަންޓްރީ ގްރޫޕުގެ ކަންކަން ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން ޕާލިމެންޓަރީ ގްރޫޕްގައި މައްސަލަތައް ނިންމަނީ ހުށައަޅާ މައްސަލަތަކަށް ބަހުސްކޮށް މެޖޯރިޓީ ލިބޭ ގޮތަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ކުއްލި މައްސަލައާއި ދެކޮޅަށް ވޯޓު ދިނުމަށް ނިންމީ ޕީޖީގެ ރުހުމާއި ނުލައި ހުށަހެޅި މައްސަލައަކަށް ވާތީ. މިމައްސަލައިގަ ދެ ތުހުމަތެއް އެބަވޭ. އެއް ތުހުމަތަކީ ޑްރަގް ޓްރެފިކްކުރުމަށް ސަރުކާރުން ޖާގަ ދެނީކަމަށް ބުނުން، އަނެއްކަމަކީ ގާނޫނާއި ހިލާފަށް ހެދި ގަވާއިދެއް ކަމަށް ބުނުން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް މިއަދު ވިދާޅުވީ، އިމިގްރޭޝަންގެ ޤަވާއިދަކީ ގާނޫނާއި ހިލާފަށް ހެދި ގަވާއިދެއްނަމަ އެކަމާއި ޗެލެންޖްކުރާނީ ކޯޓުގައި ކަމަށެވެ. އެހެންކަމުން ސަރުކާރުން ގާނޫނާއި ހިލާފް ގަވާއިދެއް ހަދާފައިވާކަމަށް އެމްޑީޕީގެ ޕީޖީން ނުދެކޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލާފައި ވަނީ ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވޭ ހާލަތުތަކުގައި އެ މީހަކާމެދު އަމަލު ކުރާނެ ގޮތުގެ ގަވައިދުގައި ހުރި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ތައާރުޒުވާ ބައިތައް އުނިކުރުމަށެވެ. އަދި މަސްތުވާތަކެތި ޓްރެފިކްކުރާ ބިދޭސީންނަށް ހިތްވަރު ލިބޭ ގޮތަށް ސިޔާސަތު ކަނޑައަޅައި ގެޒެޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް މައްސަލާގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު