ކްރޮސް ސަބްސިޑީ އުސޫލުން ޅ. މަޑިވަރު އެއާޕޯޓު ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކަނޑައަޅުއްވައިފި އެވެ.
އިއްޔެ ނެރުއްވި ރިޔާސީ ޤަރާރުގައި ރައީސް ޞާލިޙް ކަނޑައަޅުއްވާފައިވަނީ މި މަޝްރޫޢަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ 5 މިލިއަން ޑޮލަރު ކަމަށެވެ. ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއެއް ހިންގުމަކީ އެމަޝްރޫޢު ހިންގުމަށް ފައިސާ ދިނުމަށް މަތިކޮށް ދަޢުލަތުން އެފަރާތަކަށް ފަޅުރަށެއް ނުވަތަ ފަޅެއް ދިނުމެވެ.
މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި މަޑިވަރު އެއަރޕޯޓް ހުޅުވި ނަމަވެސް، އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
1200 މީޓަރުގެ ރަންވޭއަކާއެކު ތަރައްޤީ ކޮށްފައިވާ މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ސިޓީ ހޮޓަލަކާއެކު، މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 29 މެއި 2018 ގައެވެ.
ސަރުކާރުން މީގެ ކުރިންވަނީ ކްރޮސް ސަބްސިޑީ އުސޫލުން ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަންވެސް އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު