މާލޭ މަގުމަތީގައި ސަލާން ޖަހަން އުޅެނިކޮށް ފުލުހުން އިމިގްރޭޝަނާއި ޙަވާލުކުރި ޖަޕާނު މީހާ ރާއްޖޭގައި އުޅެމުން ދަނީ ރެސިޑެންޓު ވިސާގައި ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

މީސްމީޑިއާގައި އެ އަންހެންމީހާއާ ޙަވާލާދީ ބައެއް މީހުން ބުނެފައިވަނީ އޭނާ އިނދެގެން އުޅުނީ ފާރިސް ކިޔާ ދިވެއްސަކާ ކަމަށެވެ. ނަމަވެސް މިހާރު އޭނާ ވަރިކޮށްފައިވާ ކަމަށާއި މަގުމަތީގައި ސަލާން ޖަހަނީ އޭނާ ވަރިކޮށް، ގެއިން ނެރެލުމުން ކަމަށް އަންހެންމީހާއާ ޙަވާލާދީ މީސްމީޑީއާގައި ބައެއް މީހުން ބުނެފައިވެއެވެ.

ޖަޕާންމީހާގެ މައްސަލަ ފެންމަތިވުމުން މިމަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އެމީހާ އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.

އެކަމާގުޅިގެން އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އަންހެންމީހާ ކައިވެނި ކޮށްގެން އުޅެނީ ދިވެހި ފިރިހެނަކާ ކަމަށެވެ. އަދި އޭނާ ރާއްޖޭގައި އުޅެނީ ރެސިޑެންޓު ވީޒާގައި ކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

އިމިގްރޭޝަނުން ބުނީ އޭނާގެ ފަރާތުން މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާއި ގުޅުވައި ފާހަގަ ވެފައިވާ މައްސަލަ ބަލަމުންދާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފުވެފައިވޭތޯ އިތުރަށް ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

އެ އަންހެން މީހާ ބުނެފައިވަނީީ ފާރިސް ކިޔާ ފިރިމީހާ އާއި ކައިވެނިކޮށްގެން އުޅޭތާ 15 އަހަރުވެއްޖެ ކަމަށެވެ. އަދި ފިރިމީހާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފައިސާ ބޭނުން ވެގެން އުޅޭ ކަމަށްވެސް ބައެއްމީހުންގެ ގާތުގައި އެ އަންހެންމީހާ ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން