އެމްޑީޕީގެ ފިކުރާއި އަސާސްތަކާއި އުސޫލުތަކަކީ ކަޅާއި ހުދުން ލިޔެވިފައި ހުރި އެއްޗެއްކަމަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ޙަވާލު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމްވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު މިހާރު ކުރިއަށް ގެންދަވާ ފިކުރެއްގެ ދިރުން ޙަރަކާތަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެއީ ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާވެފައިވާ ފިކުރެއްކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ރޭގެ ޖަލްސާއަށް ރައީސް ނަޝީދު ޙާޟިރުނުވުމަކީ ހިތްދަތިކަމެއް ކަމަށާއި އެހެން ނުހައްދަވައި ޕާޓީއާއެކުކުރިއަށް ވަޑައިގަތުމަށް ދަޢުވަތު އަރުވާކަމަށެވެ. އަދި އެމްޑީޕީގެ އުސޫލާއި އަމާޒާއި މަގުސަދު އަސާސީ ގަވާއިދުގެ ތިންވަނަ ބާބުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށާއި ޕާޓީގެ ފިކުރުތަކާއި ޕާޓީ ގަބޫލުކުރާ ހަމަތައް ޕާޓީގެ ވެބްސައިޓުން ފެންނާނެކަމަށްވެސް އަސްލަމް ރޭ ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ ޤާނޫނީ ދާއިރާއިން މަޖިލީހުގެ ތެރެއިން އެމްޑީޕީގެ މެމްބަރުން އިންޤިލާބީ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސުޕަރ މެޖޯރިޓީން މިހާތަނަށް 129 ޤާނޫނެއް ވުޖޫދުކޮށްފައިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން ނައްތާލައި އެންމެން އެކުގައި ގުޅިގެން އެމްޑީޕީގެ ހިތްތިރި އޯގާތެރި އިހުސާންތެރި ރިޔާސީ ކެންޑިޑޭޓް ދެވަނަ ދައުރަކަށް އިންތިޚާބުކުރަން ޖެހޭކަމަށްވެސް އަސްލަމް ރޭގެ ޖަލްސާގައި ވިދާޅުވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު