އަވަށްޓެރި ޤައުމުތަކުން ދިވެހިންނަށް ކުރިމަތިކުރާ ފުރައްސާރަ ދިފާޢުކުރުމަކީ ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެމްބަރު ޢަލީ ޙުސައިން މިމޭރުމުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިޙަށް ޙަވާލުކުރުމަށް ރޭ ބޭއްވެވި ޖަލްސާގައި ދިފާޢީ ވަޒީރު މާރިޔާ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރޭގެ ޖަލްސާގައި މާރިޔާ ވިދާޅުވީ އަވައްޓެރި ޤައުމެއްގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން ގޮންޖަހައި އަޑުއުފުލާ ފައުޖެއްގެ ކުރީގައި އުޅުއްވި ބޭފުޅަކު ތުނބުޅި ބާލައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށެވެ. އަދި އޭނާ ޑީޕޯޓް ކުރުމުން އެނބުރި ރާއްޖެ އައުމުން މީޑިއާގެ ކެމެރާތައް ހުރީ އޭނާއަށް އަމާޒުކޮށްފައިކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޢަލީ ޙުސައިން ވިދާޅުވީ ބޭސްފަރުވާއަށް އަަވައްޓެރި ގައުމުތަކަށް ދާންނުޖެހޭ މިންވަރަށް ރާއްޖޭގެ ސިއްޙީ ނިޒާމް އެއްވެސް ސަރުކާރަކަށް ތަރައްޤީކޮށް ދެވިފައި ނުވާކަމަށެވެ. އަދި އެކަން ނުކޮށްތިބެމެ، ދިވެހިންނަށް އެގައުމުތަކުގައި ދިމާވާ ފުރައްސާރައާއި ޖެއްސުން ދިފާއުވާ ފަދަ ގޮތަކަށް ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކުމަކީ ވަރަށް ދެރަކަމެއް ކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ.

ބޭސްފަރުވާއަކަށް އިންޑިއާގެ ބެންގަލޫރަށް ގޮސްއުޅެނިކޮށް އަނބުރާ ފޮނުވާލާފައިވަނީ ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއް ސަމަދެވެ. އޭނާ އަނބުރާ ފޮނުވާލި ސަބަބެއް ހާމަކޮށްފައިނުވާއިރު، ރާއްޖެ އައުމަށްފަހު ސަމަދު ބުނެފައިވަނީ އޭނާއާމެދު އިންޑިއާއިން ޢަމަލުކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


8

ާައަހުމަދު

20-Feb-2023

ޢަވައްޓެރި ގައުމަކާއި ޖައްސާލީމާ އެކަން ގޯހެއްނޫން! ދެން ކޮން ފުރައްސާރެއެކޭ ކިޔަނީ