ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާކޮށްފައިވާ އިންޑިއާ މީހާ ޑީޕޯޓްކޮށްލީ އޭނާގެ މައްސަލަ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކޮށްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގާފައި ނުވާތީ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތު ވެފައިނުވާ އިންޑިއާގެ ރަމޭޝް ސެލްވަމޮނީގެ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް އިމިގްރޭޝަނުން އެ މީހާ ޑީޕޯޓްކޮށްލި މައްސަލަ މިދިޔަ ހަފްތާގައި ވަނީ ފެންމަތިވެފައެވެ.
ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި ކަމަށް ބުނެ ރަމޭޝްގެ މައްޗަށް ޕީޖީ އޮފީހުން 2020 ވަނަ އަހަރު ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އިމިގްރޭޝަނުން އޭނާ ޑީޕޯޓްކޮށްލީ މިދިޔަ ޑިސެމްބަރު 8 ވަނަ ދުވަހުއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން އިއްޔެ ބުނީ އެ މީހާއަކީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު 25 ވަނަ ދުވަހު ގެނެސްފައިވާ މީހެއް ކަމަށެވެ. އަދި މިދިޔަ ޑިސެމްބަރު 8 ވަނަ ދުވަހު އޭނާ ޑީޕޯޓްކޮށްލުމާ ހަމައަށްވެސް އޭނާގެ މައްސަލަ ހައި ކޯޓުގައި އޮތްކަން ޕީޖީ އޮފީހުން ރަސްމީކޮށް އިމިގްރޭޝަނަށް އަންގާފައިނުވާ ކަމަށާއި އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ވެސް ކޯޓަކުން ނެރެފައިނުވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެކަމާގުޅިގެން ޕީޖީ އޮފީހުން ބުނީ އެމީހާގެ މައްސަލަ އިސްތިޢުނާފް ކުރާކަން ރަސްމީ ލިޔެކިޔުމަކުން އިމިގްރޭޝަނަށް އަންގާފައި ނުވި ނަމަވެސް އަނގަބަހުން އެކަން އަންގާފައި ވާނެކަމަށެވެ.
ރަމޭޝް ޑީޕޯޓް ކޮށްލުމާ ގުޅިގެން ހައި ކޯޓުން މިހާރު ވަނީ އޭނާގެ މައްސަލަ ކޯޓުން ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު