އެއާޕޯޓްގެ އިމިގްރޭޝަން ސިސްޓަމަށް މިއަދު ހެނދުނު ދިމާވި މައްސަލަ ޙައްލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އިމިގްރޭޝަން ސިސްޓަމަށް މައްސަލަތަކެއް ދިމާވީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. އެ މައްސަލަ ދިމާވުމާ ގުޅިގެން އެއަރޕޯޓްގެ ކިއޫތައް ދިގުވެ އެއާޕޯޓްތެރެ ވަރަށް ބޮޑަށް ތޮއްޖެހިފައިވެއެވެ.
އެކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ޙައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ޕަސެންޖަރުންގެ ކްލިއަރެންސްގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށް ދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ފަސެންޖަރުންނަށް ދިމާވި ދަތިތަކަށް އިމިގްރޭޝަނުން ވަނީ މަޢާފަށް އެދިފައެވެ.

Due to a border system glitch, the immigration clearance process at Velana International Airport was slowed down this morning. However, the issue has been resolved now and we are now working in our utmost speed to clear the passengers. We apologize for the inconvenience caused.
— Maldives Immigration (@ImmigrationMV) February 18, 2023
ސިސްޓަމަށް ދިމާވި މައްސަލައާ ގުޅިގެން ފަސެންޖަރުންނަށް ދިމާވި ދަތިތަކަށް އިމިގްރޭޝަނުން ވަނީ މަޢާފަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު