އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގައި ފެނުނުކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެޢަމަލު ނުހިންގާކަން ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ދިފާޢީ ހެކި ހުށައަޅައިފިއެވެ.
ކާނަލް ނަޝީދުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެނެވެ. ކާނަލް ނަޝީދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ކާނަލް ނަޝީދުގެ ފަރާތުން ވަނީ އޭނާ އެއްޖިންސުން އަލަމްގީރާއެކު ގުޅުން ނުހިންގާކަން ސާބިތުކޮށްދިނުމަށް ހެކި ހުށަހަޅާފައެވެ. ނަމަވެސް ސިއްރުކޮށްގެން ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން ހުށަހެޅީ ކޮން ހެކިތަކެއް ކަމެއް އެނގިފައެއް ނުވެއެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހައިޕްރޮފައިލް އިތުރު ބައެއްގެ މައްޗަށްވެސް ވަނީ ތަހުގީގް ހިންގައި، ދައުވާކޮށްފައެވެ.
އަލަމްގީރު ހިމެނޭގޮތުން ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން މީގެ ކުރިންވަނީ ޙުކުމް ކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް ދަޢުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތުމުގެ ސަބަބުން އެމީހުން ވަނީ ދޫކޮށްލާފައެވެ. އަދި ވީޑިއޯތައް ލީކުކޮށްލިކަމަށް ތުހުމަތުކުރެވޭ މީހުންވެސް ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު