ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ މަޝްވަރާއެއް ރައީސް ނަޝީދުގެ މަންދޫބުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއިއެކު ކުރިއަށް ގެންގޮސްފިއެވެ.
ރައްޔިތުން މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފަރާތުން ރައީސް ނަޝީދުގެ މަންދޫބުން ޖޭޕީގެ ލީޑަރ ގާސިމާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މިއީ އުންމީދީ ބައްދަލުވުމެއް ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި ގާސިމާއި ބައްދަލުކުރެއްވީ ގދ. އަތޮޅުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސެއިނާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމެވެ.
މިބައްދަލުކުރެއްވުމުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ގުޅޭ ގޮތުންނާއި މިހާރުގެ ސިޔާސީ މަސްރަޙާބެހޭގޮތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ބެހޭގޮތުންވެސް ދެފަރާތުން ވަނީ މަޝްވަރާ ކުރަށްވާފައެވެ.
ރައީސް ނަޝީދުގެ ފެކްޝަނުން ޤާސިމާއި ބައްދަލުކުރައްވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ފެކްޝަނުންވެސް ގާސިމާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. ސަން އައިލެންޑް ރިސޯޓުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސްގެ މަންދޫބުންގެ ގޮތުގައި ގާސިމާއި ބައްދަލުކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒެވެ.
ސިޔާސީ ބޭފުޅުން ޖޭޕީގެ ލީޑަރާއި ބައްދަލުކުރަށްވަމުން ގެންދަވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތެއް ޖުމްހޫރީ ޕާޓީން އަދި ނިންމާފައެއް ނުވެއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރަށްވާނެ ކަމަށް އެޕާޓީގެ އިސްބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީން މިހާރު ތައްޔާރުވަމުންދަނީ މިމަހުގެ 24 އަދި 25 ގައި އެޕާޓީގެ ޤައުމީ ކޮންގްރެސް ބާއްވައި އައު ކައުންސިލް އެކުލަވާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު