އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލައިގެންފައިވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ބައެއް މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިނުވާ ކަމަށްބުނެ ހުށައެޅި މައްސަލަތަކުގެ ތެރެއިން ކޯޓަށް ބަލައިގެންފައިވަނީ އަލީ އަމްޖަދު ހުށައެޅި މައްސަލައެވެ. އެމައްސަލަ މިހާރުވަނީ މިމަހުގެ 28 ވަނަ ދުވަހަށް ކޯޓުގައި ތާވަލު ކޮށްފައެވެ.
އަލީ އަމްޖަދުގެ ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ މެންބަރުކަމުން މީހަކު ވަކިކުރުމަކީ ޕާޓީން އަޅާ ފިޔަވަޅެއް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިގެން 39،911 މެންބަރުން ޕާޓީން ވަކިކޮށްފައިވަނީ ފިޔަވަޅު އެޅުމުގައި އަމަލުކުރަންޖެހޭ އިޖުރާއާތުތަކާ ހިލާފަށް ކަމަށް މައްސަލާގައިވެއެވެ.
އެހެންކަމުން ރިޔާސީ ޕްރައިމަރީ ބާއްވާފައިވަނީ ވަކިކުރި މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމުގައިވާތީ އެ މެންބަރުންނަށް ބައިވެރިވެވޭ ގޮތަށް އަލުން އިންތިހާބު ބޭއްވުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށް މައްސަލާގައި އެދިފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު 1 މުހައްމަދު ނަޝީދަށް ލިބިފައިވަނީ 15،641 ވޯޓެވެ. އަދި ކެނޑިޑޭޓް ނަމްބަރު 2 އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިފައިވަނީ 24،566 ވޯޓެވެ. އިންތިޚާބުގައި ޖުމުލަ 40،887 މީހުން ވޯޓުލާފައިވެއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ 71.47 އިންސައްތަ މެމްބަރުން ވޯޓު ލާފައިވެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއަށްފަހު ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި އޮންލައިންކޮށް 54 ޝަކުވާއެއް އަދި 10 ޝަކުވާއެއް ފޯނަށް ލިބިފައިވާކަމަށް އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ވަނީ ރަސްމީކޮށް ރައީސް އިބްރާހީމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފަ އެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރި ނަމަވެސް ރައީސް ޞާލިޙަށް ތާޢީދު ކުރުމާމެދު ގޮތެއް ނިންމަވާނީ ފަހުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Of the three cases we submitted to court on behalf of petitioners who wished to challenge the legality of MDP leadership’s actions in disenfranchising 39,911 members ahead of the party primary, one case has now been registered.
— Dhiyana ?🌹 (@dhiyanasaid) February 20, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާގައި ކެންޑިޑޭޓް ނަމްބަރު 1 މުހައްމަދު ނަޝީދަށް ލިބިފައިވަނީ 15،641 ވޯޓެވެ. އަދި ކެނޑިޑޭޓް ނަމްބަރު 2 އިބްރާހިމް މުހައްމަދު ޞާލިޙަށް ލިބިފައިވަނީ 24،566 ވޯޓެވެ. އިންތިޚާބުގައި ޖުމުލަ 40،887 މީހުން ވޯޓުލާފައިވެއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ 71.47 އިންސައްތަ މެމްބަރުން ވޯޓު ލާފައިވެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއަށްފަހު ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި އޮންލައިންކޮށް 54 ޝަކުވާއެއް އަދި 10 ޝަކުވާއެއް ފޯނަށް ލިބިފައިވާކަމަށް އިންތިޚާބާ ބެހޭ ކޮމިޓީގެ މުޤައްރިރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ވަނީ ރަސްމީކޮށް ރައީސް އިބްރާހީމަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފަ އެވެ. އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރި ނަމަވެސް ރައީސް ޞާލިޙަށް ތާޢީދު ކުރުމާމެދު ގޮތެއް ނިންމަވާނީ ފަހުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު