ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރަށްވައި މަޖިލީހުގެ ނިޒާމް ގެއްލުވާލަން މަސައްކަތް ކުރެއްވުމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔައީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށައެޅުއްވި ދަޢުލަތުގެ ދަރަންޏާގުޅޭ ޤަރާރުގެ ބަހުސެވެ. އީވާގެ ޤަރާރުގައި ގޮވާލައްވާފައިވަނީ ފާއިތުވި ދިހަ އަހަރު ތެރޭގައި ދައުލަތުން ނަގާފައިވާ ދަރަނި ރީސްޓްރަކްޗާ ކުރުމަށާއި އެ ދަރަނި އަދާކުރުމާ ގުޅޭގޮތުން މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ސަރުކާރުން އަމަލު ކުރުމަށެވެ.

ޤަރާރުގެ ބަހުސް ކުރިއަށް ދަނިކޮށް ޔައުޤޫބް ވަނީ މެންބަރު އިލްޔާސް ލަބީބުގެ ވާހަކައަށް ހުރަސްއަޅުއްވައި މަޖިލީހުގައި އަޑުގަދަ ކުރަށްވާފައެވެ. އިލްޔާސް ވިދާޅުވީ ތަކެތީގެ އަގު އުފުލިފައިވާ މިންވަރު ދިވެހި ރައްޔިތުންނަށް އިހުސާސްވާ ކަމަށެވެ. އަދި ޔައުގޫބު އަޑުގަދަ ކުރަށްވަން ފެއްޓެވުމުން، ޔައުގޫބް ދާއިރާގެ ދާންދޫ ރައްޔިތުންނަށް ކިރު ދަޅުން އަގު ބޮޑުވިވަރު އެނގޭ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޔައުޤޫބު ތަކުރާރުކޮށް އަޑުގަދަ ކުރަށްވަމުން ގެންދެވުމުން އެގޮތަށް އެކަން ނުކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ތަކުރާރުކޮށް ޔައުގޫބަށް ނަސޭޙަތްތެރި ވެފައެވެ. ނަމަވެސް ޔައުޤޫބު ހުއްޓުމެއްނެތި އަޑުގަދަ ކުރަށްވަން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ޔައުޤޫބުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނިކުތުމަށް އަންގަވާފައެވެ.

ޔައުގޫބް ތަޅުމުން ނިކުންނެވުމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ވެސް ވަނީ ތަޅުމުގައި އަޑުގަދަ ކުރައްވައިފައެވެ. އެއާއެކު ރިޔާސަތުން ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް މުޣުނީ އަށް ނަސޭޙަތް ދެއްވާފައެވެ.

މަޖިލިސް އިންތިހާބުގެ ކުރިން ބޭއްވި ކެންޑިޑޭޓުންގެ ބަހުސްގައި ޔައުޤޫބުވަނީ އޭނާ އަކީ އޮޑިޓަރެއް ކަމަށާއި، މަޖިލީހަށް ކުރިމަތިލެއްވީ ވަގުން ހިފާނެ ގޮތް އެނގިހުރެ، ވަގުން ހިފުމަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ ފަރާތުން ފެނިގެންދަނީ ވަގުންހިފުމަށް މަސައްކަތްކުރާ މަންޒަރު ނޫންކަމަށް ބުނެ ގިނަ ޢަދަދެއްގެ ޢާއްމުން ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން