ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތްކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ އަނެއް ދިވެހިރާއްޖެ ޓްވިޓާ އެކައުންޓުން މިއަދު ހެނދުނު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށެވެ.

ރައީސް ނަޝީދު މި މޭރުމުން ވިދާޅުވެފައިވާއިރު ޚިޔާލުތަފާތުވުންތައް އެއްގޮތް ކުރުމަށް ރައީސް ނަޝީދާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ފައްޔާޒްގެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ "2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން އަޅުގަނޑު އެމްޑީޕީ އާއި ކުރާނެ މަޝްވަރާއެއް ނެތް." ކަމަށެވެ.



އެމްޑީޕީން އިއްޔެ އެމްޑީއޭ އާއެކު ބޭއްވި ބައްދަލު ވުމަށްފަހު ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބަށް ދާއިރު އެމްޑީޕީ އެއްކޮށް އޮންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެމަގަށް ކަންތައްތައް ތަރުތީބު ކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަށްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބުގައި ޢަމަލު ކުރާނެ ގޮތެއް ނިންމަވާނީ ފަހުންކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-4

އިސްތިސްނާ

24-Feb-2023

އެހެންވީމަ މަނިކުފާނަށް އެއްމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފި ރޫހާނީ ފިކުރާއި ގެން ކުރިޔަށް ވަޑައިގަތުން