ރައީސް ޞާލިޙްގެ މިސަރުކާރާއެކު ހަދާފައިވާ ކޯލިޝަން ދެމެހެއްޓުމަށް ޢަދާލަތު ޕާޓީން ނިންމާފައިވާތީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެޕާޓީއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުންވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ނިންމައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ފާސްކޮށްފައެވެ.
ޢަދާލަތު ޕާޓީގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައި ޑރ. ޒަކަރިއްޔާ ވިދާޅުވީ ޢަދާލަތު ޕާޓީގެ ނިންމުމަކީ ރައީސް ޞާލިޙް ފައްޓަވާފައިވާ މުހިންމު މަޝްރޫޢުތައް ނިންމެވުމަށާއި ސުލްޙަވެރި މުޖްތަމައެއްގެ މަންޒަރުތައް ދެމެހެއްޓުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެހެންކަމުން ރައީސް ޞާލިޙާއެކު އަދާލަތު ޕާރޓީ ބައިވެރިވުމަށް ނިންމެވިކަމަށްޓަކައި ޑރ. ޒަކަރިއްޔާ ވަނީ އަދާލަތު ޕާރޓީއަށް މަރުޙަބާ ދަންނަވާފައެވެ.
އަދާލަތުން އެމްޑީޕީއާއެކު 2023 އަށް ނުކުތުމަށް ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކު އެވެ.
އަދާލަތު ޕާޓީން ރައީސަށް ތާއީދު ކުރަން ނިންމާފައިވާއިރު ސަރުކާރު ކޯލިޝަނުގައި ދެން ތިބި ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާއި މެދު އަދި ގޮތެއް ނުނިންމައެެވެެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު ފައްޓަވާފައިވާ މުހިންމު މަޝްރޫޢުތައް ނިންމެވުމަށާއި ސުލްޙަވެރި މުޖްތަމުގެ މަންޒަރުތައް ދެމެހެއްޓުމަށްޓަކައި އެމަނިކުފާނާއެކު އަދާލަތު ޕާރޓީ ބައިވެރިވުމަށް ނިންމެވިކަމަށްޓަކައި އަދާލަތު ޕާރޓީއަށް މަރުޙްބާ ދަންނަވަމެވެ.
— ibrahim Zakariyya Moosa (@ibrahymzm) February 23, 2023
އަދާލަތުން އެމްޑީޕީއާއެކު 2023 އަށް ނުކުތުމަށް ނިންމީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކު އެވެ.
އަދާލަތު ޕާޓީން ރައީސަށް ތާއީދު ކުރަން ނިންމާފައިވާއިރު ސަރުކާރު ކޯލިޝަނުގައި ދެން ތިބި ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާއި މެދު އަދި ގޮތެއް ނުނިންމައެެވެެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ހިޔާލު