ރާއްޖެ ހަމައަކަށް އެޅުވޭނީ އިސްލާމީ ޝަރީޢަތް ޤާއިމުކޮށްގެން ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
“އާމިސްރާބަކަށް ޢުމަރު 2023” ގެ ނަމުގައި ވިލިމާލޭގައި ރޭ ބޭއްވި ކެމްޕޭން އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ޢުމަރު ނަސީރު ވިދާޅުވީ ރާއްޖެ ހަމަމަގަށް އެޅުވޭނީ ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރިހަމަ ބާރުވެރިކަން ސްކޫލްތަކަށް ދޫކޮށްލައިގެން ކަމަށެވެ. އެގޮތުން އޭނާގެ ސަރުކާރެއްގައި ޕްރިންސިޕަލުންނަށް ފުރިހަމަ ބާރުވެރިކަން ލިބިގެންދާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުމަކީ ރާއްޖެއަށް މިވަގުތު އެންމެ މަސްލަޙަތު ބޮޑު ގޮތް ކަމަށެވެ. އެގޮތުން ގޭންގްތަކުގެ ޙަރަކާތްތައް ހުއްޓުވޭނީ އިސްލާމީ ޝަރީޢަތް ތަންފީޒު ކޮށްގެން ކަމަށާއި ޢުމަރުގެ ވެރިކަމެއްގައި އެކަން ކުރަށްވާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ރޭގެ ޖަލްސާގައި ޢުމަރު ވިދާޅުވިއެވެ.
“ޑިމޮކްރަސީއަކުން މީހުން މެރުން ހުއްޓުވައެއް ނުލެވުނު. މަސްތުވާތަކެތި ވިއްކާމީހުންގެ މައްސަލަ ޙައްލެއް ނުކުރެވުނު.” ޢުމަރު ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ޑިމޮކްރަސީން ހުރިހާކަމަކަށް ޙައްލު ހޯދައިނުދެވޭނެ ކަމަށެވެ. އަދި ކަންކަމުގެ ފުރިހަމަ ޙައްލު ލިބޭނީ އިސްލާމީ ޝަރީޢަތުގެ އުސޫލުތައް ވެރިކަން ހިންގުމުގެ ތެރޭގައި ބޭނުން ކޮށްގެން ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ. އަދި ރާއްޖެ މިއަދު ކުރިއަށް ދަނީ އެއްވެސް މިސްރާބެއްނެތި ކަމަށް ޢުމަރުވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭ ފިހާރައަކަށް ގޭންގަކުން ވަދެ ގެއްލުންދީފައިވާ ޙާދިސާއަށް އަލިއަޅުއްވާ ލައްވަމުން ޢުމަރު ވިދާޅުވީ އޭނާގެ ވެރިކަމުގައި މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ޤާނޫނު ތަންފީޒު ކުރަށްވާނެ ކަމަށެވެ. އަދި “މަޑު ފުށްގަނޑަކަށް” ވެގެން ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.

aa MISRAABAKAH https://t.co/0Lmu1ATQwk
— Umar Naseer (@UmarNaseerMV) February 24, 2023
ޢުމަރު ވިދާޅުވީ ޑިމޮކްރަސީން ހުރިހާކަމަކަށް ޙައްލު ހޯދައިނުދެވޭނެ ކަމަށެވެ. އަދި ކަންކަމުގެ ފުރިހަމަ ޙައްލު ލިބޭނީ އިސްލާމީ ޝަރީޢަތުގެ އުސޫލުތައް ވެރިކަން ހިންގުމުގެ ތެރޭގައި ބޭނުން ކޮށްގެން ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ. އަދި ރާއްޖެ މިއަދު ކުރިއަށް ދަނީ އެއްވެސް މިސްރާބެއްނެތި ކަމަށް ޢުމަރުވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭ ފިހާރައަކަށް ގޭންގަކުން ވަދެ ގެއްލުންދީފައިވާ ޙާދިސާއަށް އަލިއަޅުއްވާ ލައްވަމުން ޢުމަރު ވިދާޅުވީ އޭނާގެ ވެރިކަމުގައި މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި ޤާނޫނު ތަންފީޒު ކުރަށްވާނެ ކަމަށެވެ. އަދި “މަޑު ފުށްގަނޑަކަށް” ވެގެން ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު