"އިންޑިޔާ އައުޓް" ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބުރޫ އަރާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ހާމަކޮށްފިއެވެ.
އެމްޑީއޭ އިން އިއްޔެ ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައި އެކަން އިޢުލާނުކޮށްފައެވެ.
އެމްޑީއޭގެ ނިންމުމާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަލީ މަޢުރޫފް ވިދާޅުވީ މީގެ ކުރިން އެޕާޓީން ޕީޕީއެމްގެ ކޯލިޝަނެއްގައިވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ޕީޕީއެމުން މިހާރު ކުރިއަށްގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަންނާނެ ޙަރަކާތެއް ކަމަށާއި އެ ޙަރަކާތަށް އެމްޑީއޭއިން ތާޢީދު ނުކުރާކަމަށް މަޢުރޫފް ވިދާޅުވިއެވެ.
ޕީޕީއެމާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއް ހެދުމަށް ކުރި މަޝްވަރާގައި އެޕާޓީއަށް ސައްޙަ ކެންޑިޑޭޓެއްވެސް ދެއްކިފައި ނުވާކަމަށް މަޢުރޫފް ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ވެދާނެ ކަމަށް ޕީޕީއެމްގެ އޮތީ ހަމައެކަނި އުންމީދެއް ކަމަށާއި ރައީސް ޔާމީން މިނިވަންވާނެ ދުވަހެއްވެސް އެޕާޓީއަށް ބުނެނުދެވުނު ކަމަށް ޢަލީ މަޢުރޫފް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް މުޙައްމަދު ލީޑަރުކަން ކުރަށްވާ އެމްޑީއޭއިން އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމާފައިވަނީ އިއްޔެ ހަވީރު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ. އެގޮތަށް ފާސްވީ އެޕާޓީގެ ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 36 މެމްބަރުންގެ ތެރެއިން 34 މެމްބަރުންގެ ވޯޓާއެކު އެކުއެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު