ވެރިކަމަށް ކުރިމަތިލެއްވުމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށް ލަފާއަރުވާ ބޭފުޅުންގެ ނިޔަތް ރަނގަޅުނޫން ކަމަށް ދީނީ އިލްމްވެެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީގެ މެންބަރު ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ވާދަ ކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަ ކުރުމަށް އެޕާޓީގެ ޤައުމީ ކޮންފަރެންސުން ޤަރާރެއް ފާސްކުރުމާ ގުޅިގެންނެވެ.
ޢަދާލަތު ޕާޓީން މިހާރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު އިއްތިހާދުވެ މަސައްކަތް ކުރުމަށް ނިންމާފައެވެ. މީގެ ކުރިން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ޢަދާލަތުޕާޓީން މަސައްކަތް ކޮށްފައިވަނީ ޖުމްހޫރީ ޕާޓީއާ އެކުގައެވެ.
ޖޭޕީގެ ނިންމުމާ ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަކީ މޮޅު ވިޔަފާރިވެރިއެއް ކަމަށާއި އަދި ޤާސިމަކީ އެތައްބައިވަރު ދިވެހި ރައްޔިތުންނަަށް އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ދީލަތި ބޭފުޅެއް ކަމަށެވެ. ނަމަވެސް މީގެ ކުރިން ދެފަހަރުމަތިން ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވައިގެން އެމަނިކުފާނަށް ކާމިޔާބުވެވަޑައިނުގެންނެވި ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހީމް ކުރިމަތިލެއްވުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ބޭފުޅުންނަކީ މީގެ ކުރިން ދެފަހަރުވެސް ޤާސިމް ވެރިކަމަށް ހޮވުނަ ނުދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރެއްވިފަރާތްތައް ކަމަށެވެ. އަދި އެފަރާތްތަކުގެ ނިޔަތް ރަނގަޅު ނޫންކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.
“ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފެއިލްވި ކެނޑިޑޭޓާއި ބައިވެރިން. އަދި 2008 ގައި އުފެދުނު ސަރުކާރުގެ ހޯމް މިނިސްޓަރ ކަމުން 21 ދުވަހުގެ ތެރޭގައި އޮނަރަބަލް ޤާސިމް އިބްރާހީމް އިސްތިޢުފާ ދެއްވަން މަޖްބޫރު ކުރުވި ބޭފުޅުން. އެބޭފުޅުންގެ އުއްމީދަކީ މިފަހަރުވެސް ޤާސިމަށް ކާމިޔާބުވެއްޖެނަމަ އެފަދަ ޙާލަތެއް މެދުވެރިކުރުވާ އަލުން ވެރިކަމާއި ޙަވާލުވުން.” ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް ވިދާޅުވީ ދިވެހިރައްޔިތުން އެފަދަ މީހުންނާއިމެދު ސަމާލުވާންޖެހޭ ކަމަށެވެ. އޭގެ އިތުރުން އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމުގެ ހަމަޖެހުން އިސްކުރުމަށްވެސް ޑރ. އިޔާޒް ވަނީ ގޮވާލައްވާފައެވެ.
ޖުމުހޫރީ ޕާޓީގެ ކޮންގުރެސްއަށް ހުށައެޅި ގަރާރުގައި ބުނެފައިވަނީ ޖޭޕީ އަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ހަކަތައާއި ތާއީދު އޮތް ޕާޓީއެއް ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ޖޭޕީގެ ވެރިކަމެއް ގާއިމް ކުރަން ލިބެން އޮތް އެންމެ ފަހި ފުރުސަތު ކަމަށެވެ.
ޖުމްލަ 750 އެއްހާ މެންބަރުންނާއެކު ކުރިޔަށް ގެންދިޔަ ޖޭޕީގެ ކޮންފަރެންސްގައި އެ ގަރާރު ފާސްކޮށްފައިވަނީ އެވަގުތު ކޮންފަރެންސްގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު