އެންމެ ޞާލިޙް މީހާއަށްވެސް އެންމެންގެ ތާޢީދު ނުލިބޭނެކަމަށް މިސަރުކާރުގެ ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ސަރުކާރު އިއްތިހާދުގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން މިބީދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރުމަށް މިސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޖޭޕީގެ ޤައުމީ ކޮންފަރެންސްގައި ވަނީ އިޤްރާރުވެފައެވެ.

އިމްރާން މިއަދު ވިދާޅުވެފައިވަނީ އެންމެ ހެޔޮލަފާ ޞާލިޙް ތަޤުވާވެރި އިންސާނަކަށްވެސް އެންމެންގެ ރުހުމާ ތާޢީދު ނުލިބޭނެ ކަމަށެވެ. ހަމައެއާއެކު އެންމެ ނުބައި ނުލަފާ މީހާއަށްވެސް އެންމެން ދެކޮޅުވެރިވެ ނަފްރަތު ނުކުރާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

“ޢާއްމު ގޮތެއްގައި ހެޔޮމީހުން ލޯބިވަނީ ހެޔޮ މީހުންދެކެ. ނުބައިމީހުން ލޯބިވަނީ ނުބައިމީހުން ދެކެ.” އިމްރާން ވިދާޅުވެފައިވެއެވެ.



އިމްރާން މިފަދަ މޭރުމަކުން ހެޔޮ މީހުންނާއި ނުބައި މީހުން ދަރަޖަ ކޮށްފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާޢީދު ކުރުމަށް ޢަދާލަތު ޕާޓީން ވަނީ ނިންމާފައެވެ.

ޢަދާލަތު ޕާޓީގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިންވަނީ އެޕާޓީގެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ އެކަމަށް ފާޑުކިޔާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕާޓީތަކުން މިހާރު ގެންދަނީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ފޯރިއާއެކު ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު