ފާރިސް މައުމޫން (ވ) ހުކުރުދުވަހު ފެށުނު ޖޭޕީގެ ޤައުމީ ކޮންފަރެންސް ގައި.
ފާރިސް މައުމޫން (ވ) ހުކުރުދުވަހު ފެށުނު ޖޭޕީގެ ޤައުމީ ކޮންފަރެންސް ގައި.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަކީ ފިތުނަ އުފައްދައިގެން ކުރިއެރުން ބޭނުންވާ ޕާޓީއެއް ނޫން ކަމަށް އެޕާޓީގެ ރައީސް ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ މެންބަރުންގެ ޢަދަދު ތިންހާހަށް ވުރެ ދަށްވެފައިވާތީ މެމްބަރުން އިތުރުކުރުމަށް އެޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދިނުމަށް ބޭއްވި ކުޑަ ބައްދަލުވުމެއްގައި ފާރިޝް ވިދާޅުވީ އެޕާޓީގެ މެންބަރުންގެ ޢަދަދު އެއްހަމައެއްގައި ނުހިފެހެއްޓެނީ ފިތުނަ އުފައްދައިގެން ކުރިއަރަން މަސައްކަތް ނުކުރާތީ ކަމަށެވެ.

ފާރިޝް ވިދާޅުވީ އެމްއާރުއެމް އަބަދުވެސް މަސައްކަތް ކުރަނީ ކަންއޮތްގޮތަށް ރީތިކޮށް ތެދު ހާމަކޮށްގެން ކަމަށާއި އެއްވެސް މީހަކަށް ކަމެއް އޮޅުވާލައިގެން ކުރިއަރަން ބޭނުން ނުވާ ކަމަށެވެ. އަދި އެސިޔާސަތުގެ ސަބަބުން އެޕާޓީ އަބަދުވެސް އޮންނަނީ ކަރުތާފެނުގައި ކަމަށް ފާރިޝް ވިދާޅުވިއެވެ.

އެމްއާރުއެމްގެ އަތުގައި މިހަކަށް ދޭނެ މަތީ މަޤާމެއް ނުވަތަ ހޯދައިދެވޭނެ ވަޒީފާއެއްވެސް ނެތް ކަމަށް ފާރިޝް ވިދާޅުވިއެވެ. އަދި އެގޮތަށް ހުވަފެން ދައްކައިގެން މެމްބަރުން އިތުރުކުރުމަށް ބޭނުންނުވާ ކަމަށްވެސް ފާރިޝް ވިދާޅުވިއެވެ. މި ގައުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ޤައުމެއް ނޫންކަމަށާއި ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ ގިނަ މީހުން އަދިވެސް ސިޔާސީ ޕާޓީތަކަށް ސޮއި ނުކުރާކަމަށްވެސް ފާރިޝްވަނީ ވިދާޅުވެފައެވެ.

“ސިޔާސީ ޕާޓީތަކުގައި އުޅެން ބޭނުން ނުވާތީ ސިޔާސީ ޕާޓީތައް އަމަލު ކުރާ ގޮތަށް ނޫނެކޭ ބުނާތީ ޕާޓީތަކަށް ސޮއި ނުކޮށް ތިބި މީހުންގެ ހައްގު ކޮބައިތޯ؟” ފާރިޝް ސުވާލު އުފައްދަވާފައިވެއެވެ.



ފާރިސް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު މިދިޔަ އަންގާރަ ދުވަހާ ހަމައަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގައި މީހުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމު ކޮށްފައެވެ. އިލެކްޝަންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމްއާރްއެމްގައި މިހާރު ތިބީ 2،981 މެންބަރުންނެވެ.

އޭގެ އިތުރުން އަންނަ ސެޕްޓެމްބަރު 9ގައި އޮންނަ ރިޔާސީ އިންތިޚާބަށް ޕާޓީތަކުން މިހާރުވަނީ ތައްޔާރުވާން ފަށާފައެވެ. އެގޮތުން އެމްއާރުއެމްގެ ސަޕޯޓަރުން ގެންދަނީ ރިޔާސީ އިންތިޚާބުގައި ފާރިޝް ވާދަކުރުމަށް ގޮވާލާ މީސް މީޑީއާގައި ކެމްޕޭން ކުރަމުންނެވެ.

ހަމައެއާއެކު އަންނަ ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރުގެ އިއްތިހާދުގައި ދެމިހުންނެވުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމްގެ ޒަޢީމް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ސިޓީއެއް ފޮނުއްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު