ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ޕްރައިމަރީއަށް ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ ގުރައިދޫ ދާއިރާއަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވާ އެމްޑީޕީގެ މެމްބަރުން މިއަދުން ފެށިގެން މާޗް ދެވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފޯމު އެ ކެންޑިޑޭޓަށް ތާއީދުކުރާ 100 މެންބަރުންގެ ސޮޔާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް ހުށައެޅުމަށެވެ.
ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އައު މެންބަރަކު އެގޮނޑިއަށް އިންތިހާބު ކުރަންވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު