ވަކިމީހަކު ވެރިކަމަށް އައިސްގެން ތިމާއަށް ލިބިފައިހުރި ޢިލްމުން ބައެއް އުނި ނުވާނެ ކަމަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤު ވިދާޅުވެއްޖެއެވެ.
ފިރާޤު މިމޭރުމުން ވިދާޅުވެފައިވަނީ ވެރިކަމަށް ކުރިމަތިލެއްވުމަށް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމަށް ލަފާއަރުވާ ބޭފުޅުންގެ ނިޔަތް ރަނގަޅުނޫން ކަމަށް ދީނީ އިލްމްވެެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
“ރަސް އޮންލައިން” ގައި ޑރ. އިޔާޒާއި ޙަވާލާދީ ލިޔެފައިވާ ޚަބަރަކާ ޙަވާލާދީ ދާދިފަހުން ޖޭޕީއާއި ގުޅިވަޑައިގެންނެވި ފިރާޤު ވިދާޅުވެފައިވަނީ އަނެކާގެ ނިޔަތް ދެނެގަތުމާ ގުޅޭގޮތުން ޑރ. އިޔާޒް ކުރަށްވާފައިވާ ދިރާސާތައް އަލުން މުޠާލިޢާ ކުރެއްވުން ރަނގަޅުވާނެ ކަމަށެވެ. އޭގެ އިތުރުން ވަކި މީހަކު ވެރިކަމަށް އައުމަކީ ތިމާއަށް ލިބިފައިހުރި ޢިލްމެއް އުނިވާނޭ ކަމެއް ނޫންކަމަށްވެސް ފިރާޤު ވިދާޅުވިއެވެ.
“ލިބިފައިވާ ޢިލްމާއި ދޭތެރޭގައި އަމިއްލަ ނަފްސަށް ޝައްކު އުފެދުނީމާ ކޮސް ގޮވިދާނެ.” ޑރ. އިޔާޒަށް ރައްދު ދެއްވަމުން ފިރާޤު ވިދާޅުވިއެވެ.
ފިރާޤު ވިދާޅުވީ ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޮނަރަބަލް ޤާސިމް އިބްރާހީމް ރާއްޖޭގެ ޒަޢާމަތާއި ހަވާލުވާ ދުވަސް ކަމަށެވެ. އޭގެއިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގައި ތިއްބެވި ލީޑަރުންގެ ތެރެއިން ޙަޤީޤީ މާނައިގައި ނުފޫޒެއްނެތި ރައްޔިތުންނަށް ވެރިކަމެއް ކޮށްދެއްވޭނީ ޤާސިމަށް ކަމަށްވެސް ފިރާޤު ވަނީ ވިދާޅުވެފައެވެ.
ފިރާޤުގެ ތާޢީދު އޮނަރަބަލް ޤާސިމް އިބްރާހީމަށް އޮތްކަމަށް ހާމަކުރަށްވާފައިވާއިރު މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިވަގުތު އޮތް ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ނިންމާ ނިންމުމަކާއެކު ސިޔާސީ މަންޒަރުވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.
މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖޭޕީގެ ޤައުމީ ކޮންފަރެންސްގެ ބައިވެރިން އިޤުރާރު ވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ވާދަ ކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަ ކުރުމަށް ޕާޓީގެ ކައުންސިލަށް ލަފާއެރުވުމަށެވެ.
ޢަދާލަތު ޕާޓީން މިހާރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު އިއްތިހާދުވެ މަސައްކަތް ކުރުމަށް ނިންމާފައެވެ. މީގެ ކުރިން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ޢަދާލަތުޕާޓީން މަސައްކަތް ކޮށްފައިވަނީ ޖުމްހޫރީ ޕާޓީއާ އެކުގައެވެ.
2008 ވަނަ އަހަރުންފެށިގެން މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބު ކޮށްފައިވަނީ ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތާޢީދު ކުރެއްވި ކެންޑިޑޭޓުންނެވެ.

Libi lavaifai vaa ilmaai dheythreygai amilla nafsah shakku ufedhunee maa kos govi dhaane.Anekaage niyaith dheneganna dhiraasaa thah alun mothaaliyaa kurun rangalhu. Libivadaigen huri ilumu mee haku verikamah aumakun uyyeh nuvaane. pic.twitter.com/lcAW8cvYSe
— Mohamed Firaq (@mohamedfiraq) February 27, 2023
ފިރާޤު ވިދާޅުވީ ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޮނަރަބަލް ޤާސިމް އިބްރާހީމް ރާއްޖޭގެ ޒަޢާމަތާއި ހަވާލުވާ ދުވަސް ކަމަށެވެ. އޭގެއިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގައި ތިއްބެވި ލީޑަރުންގެ ތެރެއިން ޙަޤީޤީ މާނައިގައި ނުފޫޒެއްނެތި ރައްޔިތުންނަށް ވެރިކަމެއް ކޮށްދެއްވޭނީ ޤާސިމަށް ކަމަށްވެސް ފިރާޤު ވަނީ ވިދާޅުވެފައެވެ.
ފިރާޤުގެ ތާޢީދު އޮނަރަބަލް ޤާސިމް އިބްރާހީމަށް އޮތްކަމަށް ހާމަކުރަށްވާފައިވާއިރު މިސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި މިވަގުތު އޮތް ޖޭޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ނިންމާ ނިންމުމަކާއެކު ސިޔާސީ މަންޒަރުވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް މަސްރަޙު ދިރާސާކުރަށްވާ ފަރާތްތަކުން ވިދާޅުވެއެވެ.
މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ޖޭޕީގެ ޤައުމީ ކޮންފަރެންސްގެ ބައިވެރިން އިޤުރާރު ވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ވާދަ ކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަ ކުރުމަށް ޕާޓީގެ ކައުންސިލަށް ލަފާއެރުވުމަށެވެ.
ޢަދާލަތު ޕާޓީން މިހާރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު އިއްތިހާދުވެ މަސައްކަތް ކުރުމަށް ނިންމާފައެވެ. މީގެ ކުރިން ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް ޢަދާލަތުޕާޓީން މަސައްކަތް ކޮށްފައިވަނީ ޖުމްހޫރީ ޕާޓީއާ އެކުގައެވެ.
2008 ވަނަ އަހަރުންފެށިގެން މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއްވެސް ކާމިޔާބު ކޮށްފައިވަނީ ޖޭޕީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތާޢީދު ކުރެއްވި ކެންޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ހިޔާލު