ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހިނގަމުންދިޔަ ބަހުސެއްގައި ބައިވެރިވެފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަޖިލީހުގެ ގަވާއިދުގެ ދެވަނަ މާއްދާގައި މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި މަޖިލީހުގެ ރައީސް ބައިވެރިވެ ޚިޔާލު ފާޅުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އޮންނަކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވެއެވެ.
މަޖިލީހުގައި ކުރިއަށްދާ ބަހުސްތަކުގައި ރައީސް ނަޝީދު ބައިވެރިވެލައްވާ ކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤު ވިދާޅުވެފައިވާތީ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ބަހުސްގެ މަޢުޟޫގެ ބޭރުން މެމްބަރުން ވާހަކަ ދައްކަވާނަމަ އެކަން ހަމަމަގަށް އެޅުވުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް އެއްވެސް ޖަލްސާއެއްގައި ކުރެވުނު ބަހުސެއްގައި ބައިވެރިވެފައި ނުވާނެ ކަމަށާއި މަޖިލީހުގެ ޤަވާއިދުގައި ހުއްދަ ދީފައިވާ ގޮތަށް މެންބަރުންނަށް އިރުޝާދު ދިނުމަކީ ބަހުސްގައި ބައިވެރިވުން ނޫންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ ދެވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި، ނުވަތަ ކޮމިޓީއެއްގެ އާންމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައަކާމެދު މަޖިލީހުގެ ރައީސް ދެކޭ ގޮތް ހާމަކޮށްގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް، މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާމެދު، މަޖިލީހުގެ ރައީސަށް އެކަމާމެދު ދެކޭ ގޮތް ހާމަކޮށްް މަޝްވަރާއާއި ލަފާ ދެވިދާނެ ކަމަށް ޤަވާއިދުގައިވެއެވެ.
އެގޮތުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރު ޖަވާބުދާރީ ކުރުމާއި ގާނޫނު ހެދުމުގެ މަސައްކަތުގައި މަޖިލީހުގެ ގަވާއިދު ތަންދޭ މިންގަނޑުގެ ތެރޭގައިކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު