ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް އާއްމުކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނެފައިވަނީ މި ރޯދަ މަހު އެންމެ އަގުހެޔޮވާނީ ފިޔާ ކަމަށެވެ. އެގޮތުން، ފިޔާ ކިލޯއެއް 9 ރުފިޔާއަށް އެ ކުންފުނިން ވިއްކާނެ ކަމަށާއި ފިޔާ ބަސްތާއެއް 180 ރުފިޔާއަށް ވިއްކާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ، އަލުވި ބަސްތާއެއް 250 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާކަމަށެވެ. އޭގެއިތުރުން މި ރޯދަ މަހު ބިސް ކޭހެއް ލިބެން ހުންނާނީ 320 ރުފިޔާ އަށެވެ. އަލުވި ކިލޯއެއް 11 ރުފިޔާއަށް ލިބޭނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ. އެ ކުންފުނިން ވަކިން ބިހެއް ވިއްކާނީ 1.75 ރުފިޔާ އަށެވެ.

ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އަގުހެޔޮކޮށް ބާޒާރަށް ނެރެއެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް، އެތަކެތި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރަން އިކޮނޮމިކް ޑިވެލޮޕްމަންޓުން މިނިސްޓްރީން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން