އައްޑޫ ތަރައްގީ ކުރުމުގައި ހުރިހާ ސަރުކާރެއްވަނީ ފެއިލްވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫގެ ކަނޑާއި ވައިގެ ބަނދަރުތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ހުށައެޅި ޤަރާރުގެ ބަހުސްގައި މެމްބަރު ޖާބިރު ވިދާޅުވީ، ރާއްޖެ ކުރިއެރުވުމަށްޓަކައި އައްޑޫ އާއި ހުވަދޫ ގުޅިލާމެހިފައިވާ އިގްތިސާދީ ނިޒާމެއް ބިނާ ކުރަންޖެހޭ ކަމަށެވެ. އައްޑޫ ތަރައްޤީ ކުރެވޭނީ އެފަދަ މޮޑެލްއަކަށް މަސައްކަތް ކޮށްގެން ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އައްޑޫ އަތޮޅަށް އިންވެސްޓުކޮށްގެން ތިބި ވިޔަފާރިވެރިން ކުރިއަށް ނުގޮސް ތިއްބެވި ސަބަބުތައް ދެނެގަންނަން ޖެހިފައިވާކަމަށެވެ. އޭގެ އިތުރުން އައްޑޫ ތަރައްގީކޮށް ކުރިއެރުވުމުގައި ރައީސް ނާސިރުން ފެށިގެން ރައީސް ސާލިހުގެ ސަރުކާރާއި ހަމައަށް ހުރިހާ ސަރުކާރުތަކެއް ފެއިލްވެފައިވާކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.
ރާއްޖެ ކުރިއަރާނީ އައްޑޫވެސް ކުރިއަރައިގެންކަމަށާއި އެގޮތުން ޕްރައިވެޓު ސެކްޓާރ ބާރުވެރިކުރަން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ޕްރައިވެޓު ސެކްޓާރ އުފެދިފައިވަނީ އައްޑޫ އަތޮޅުގެ ސަބަބުންކަމަށާއި ރާއްޖޭގެ ގިނަ އިންވެސްޓަރުންނަކީ އައްޑޫ އަތޮޅުގެ މީހުންކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު މިއަދު ވިދާޅުވީ މާލެ ތަރައްޤީ ކުރީ އައްޑޫ ރައްޔިތުން އެއަތޮޅު ދޫކޮށް މާލެ އައިސްގެން ކަމަށެވެ. ނަމަވެސް އައްޑޫ އަތޮޅު ތަރައްގީ ކުރުމުގެ ނަމުގައި ސަރުކާރުތަކުން ކޮށްފައިވަނީ އިސްރާފް ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު މިއަދު ވިދާޅުވީ، އައްޑޫ އަތޮޅު ތަރައްޤީނުވެ ހުވަދޫ އަތޮޅާއި ފުވައްމުލަކަށްވެސް ތަރައްގީ ނާންނާނެ ކަމަށެވެ.
މިއަދު ހުށައެޅުނު ޤަރާރު މާކުރިން މަޖިލީހަށް ހުށައެޅެން ޖެހޭ ކަމަށާއި، އެހެންކަމުން އައްޑޫ ކައުންސިލާއި ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލިސް މެމްބަރުންވެސް ޒިންމާދާރުވެވަޑައިގަންނަވަން ޖެހިފައިވާކަމަށް ޖާބިރު މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު