އަނބު މޫސުމުގައި ގަސްގަަހަށް ވާ އަންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމަށްފަހު ނިކުމެ ވަޑައިގެން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު އެކިމީހުން އެކިގޮތަށް އެކިވާހަކަ ދައްކާނެކަމަށެވެ. އަދި ޖޭޕީ އަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިއެއް ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"އަނބު މޫސުމުގައި ވާ އަންނާނެ ނޫންތޯ ގަސްދަށަށް،" ޤާސިމް ވިދާޅުވިއެވެ.
އޭގެއިތުރުން ޤާސިމް ވަނީ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލް އެރުވުމަށް ޢުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާ ނުކުރަށްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށް ޖޭޕީގެ ކައުންސިލުން ގޮތެއް ނުނިންމާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"މިހާރު ކޯލިޝަނެއްގައި ތިބި ބަޔަކު ކޯލިޝަން ހަދާކަށް ވާހަކައެއް ނުދައްކާނެ ނޫންތޯ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދު ޤާސިމްގެ ރަނިން މޭޓެއްގެ ގޮތުގައި އިންތިހާބަށް ނުކުންނަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޤާސިމް ވިދާޅުވީ އެފަދަ މަޝްވަރާއެއް އަދި އެފަދަ ހުށަހެޅުމެއްވެސް ނެތް ކަމަށެވެ.
ގާސިމް ރައީސް އޮފީހަށް ވަޑައިގެންނެވިއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ރައީސް ސާލިހު ވަނީ ޖުމްހޫރީ ޕާޓީއަށް ދައުވަތު ދެއްވާފައެވެ.
ކޯލިޝަން ހަދަން އެމްޑީޕީން ދައުވަތު ދިން ނަމަވެސް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ވަނީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމުމަށް ކައުންސިލަށް ހުށަހަޅާފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ޖޭޕީގެ ކައުންސިލުން ވަކިގޮތެއް އަދި ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު