ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓްގެ އަގު ބޮޑުކޮށްފިއެވެ.
މޯލްޑިވިއަނުން ބުނީ، ޓިކެޓުގެ އަގުބޮޑުކުރީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ގްރައުންޑް ހޭންޑްލިން ފީ ބޮޑުވުމުން ކަމަށެވެ. މިދިޔަ ޑިސެންބަރު މަހުގެ 7 ވަަނަ ދުވަހު މޯލްޑިވިއަނުން ވަނީ ބައެއް ސަރަހައްދުތަކުން އެކްސެސް ބެގޭޖަށް ނަގާ ފީވެސް ކޮންމެ ކިލޯއަކަށް 3.11 ޑޮލަރަށް ބޮޑުކޮށްފައެވެ.
މޯލްޑިވިއަންގެ ޓިކެޓުގެ އަގު އެންމެ ބޮޑުކޮށްފައިވަނީ ގދ. ކާޑެއްދޫ އެއާޕޯޓަށް ކުރާ ދަތުރުތަކުގައެވެ. އެގޮތުން އެ ސެކްޓަރގެ ދަތުރުތަކުން 180 ރުފިޔާ ބޮޑުކޮށްފައިވާއިރު އެހެން އެއާޕޯޓުތަކުން ބޮޑުކޮށްފައިވަނީ ޓިކެޓަކުން 70 ރުފިޔާ އެވެ. ރީޖަނަލް އެއާޕޯޓުން ވަނީ ގްރައުންޑް ހޭންޑްލިން ފީ މިހާރު ހުރި ރޭޓުތަކަށް ވުރެ ގާތްގަނޑަކަށް 10 ޕަސެންޓް އިތުރުކުރަން ނިންމައިފަ އެވެ.
މޯލްޑިވިއަނުން މީގެ ކުރިން އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކޮށްފައިވާއިރު މިއަހަރު ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ވަނީ ބޮޑުވެފައެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް އަދި ސަބްސިޑީ ދޭ އުސޫލަށް ބަދަލު ގެންނަން ސަރުކާރުން ނިންމުމުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ވަނީ އެ ނިންމުމަށް ތާއިދުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު