މުދަލާ ޚިދުމަތުގެ އަގު މަތިވެ ދަށްވުމަކީ ސަރުކާރުން ކުރާކަމެއް ނޫން ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރަށްވައި ނަސީމް ވިދާޅުވީ މުދަލާ ޚިދުމަތުގެ އަގަށް އަންނަ ބަދަލުތަކަކީ އިގްތިސާދާއި ވިޔަފާރީގެ ސިޔާސަތުގެ ނަތީޖާއެއް ކަމަށެވެ. އަދި އެއީ ސަރުކާރަކުން ކުރާކަމެއް ނޫން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ތަކެތީގެ އަގަށް އަންނަ ބަދަލަކީ އިޤްތިޞާދީ ލޮޅުންތަކުގެ ނަތީޖާކަމަށް ވީނަމަވެސް އިންފްލޭޝަންގެ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ މާލީ ސިޔާސަތުގެ ބައެއް ކަމަށެވެ. އެހެންކަމުން ކޮންމެކަމެއް ސަރުކާރުގެ ބޮލަށް ޖެހުމުގެ އުސޫލު ދޫކޮށްލަން ޖެހޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިއޮތް އިންފްލޭޝަންގެ އަސްލަކީ "ކޮސްޓްޕުޝް އިންފްލޭޝަން" ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުމަތިވެ، ދަތުރުފަތުރުގެ އަގު އުފުލި، ސަޕްލައި މަދުވުމުން މުދަލާ ޚިދްމަތުގެ އަގުތައް އުފުލޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

“ދައުލަތުގެ ސްޕެންޑިންގ މަތިވީމަވެސް ކުޑަކޮށް ޑިމާންޑް ޕުލްކުރާނެ އިންފްލޭޝަނަރީ ޕްރެޝަރ ހިފާނެ.. ކޮންމެކަމެއް މީހެއްގެ ބޮލަށް ނުކަނޑަމާ!” އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ނަފާ ނަސީމް ވިދާޅުވިއެވެ.



ނަސީމް މީގެ ކުރިންވެސް ވިދާޅުވެފައިވަނީ ދިވެހިންނަށް މިހާރު ދަސްވެފައި އޮތީ ހަކުރުދެންޏާ ބޮޑުބޭބެގެ އުސޫލު ކަމަށެވެ. އެގޮތުން އެމީހަކު ބޭނުންވާ ކަންތައް ނުކޮށްދޭހާ ހިނދަކު ރައީސާއި ސަރުކާރު ގޯސް ކަމަށާއި ކޮންމެ ގޮތަކުންވެސް ބޭނުންވާ ކަންތައް ޙާސިލުވާނަމަ ސަރުކާރާއި ރައީސް ރަނގަޅުކަމަށެވެ.

ބައެއް ދިރާސާތަކުން ބުނާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު މިހާރު ވަނީ ކުރިއާއި އަޅާ ބަލާއިރު ހަތެއް އިންސައްތަ ބޮޑުވެފައެވެ. ނަމަވެސް ބައެއް ވަކިވަކި ބާވަތްތަކަށް ބަލާއިރު ވޭތިވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 50 އިންސައްތައަށް ވުރެ މައްޗަށް ބޮޑުވެފައި އެބަހުއްޓެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލިފައިވަނީ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު މައްޗށް އުފުލުމާއި ދަތުރުފަތުރާއި އުފުލުމުގެ އަގުތައް މައްޗަށް ދިއުމާއި ޚިދުމަތުގެ އަގުތަކާއި ޓެކުހަށް އައި ބަދަލު ތަކުގެ އިތުރުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ޑޮލަރުގެ ހަމަ އަގު 17 އިން މަތީގައި ހިފެހެއްޓިފައި ހުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


2

1206

04-Mar-2023

ދިވެހި ސަރުކާރުގެ ޣައިރުޒިންމާދާރު ދަރަނީ ސިޔާސަތުގެ ސަބަބުން, އަދި ރާއްޖޭގައި އެކަށައެޅިފައި ހުރި މާލީ ޤާނޫނުތަކުން ފަތުވެރިކަމުގެ ސިނާއަތު އިސްތިސްނާވެ އެ ސިނާއަތުގެ ތެރެއިން ލާފައި ރާއްޖޭގެ މާލީ ނިޒާމު ހަބޭހަށް ޑޮލަރައިޒް ވަމުންދާއިރު, އެ ކަމާ މެދު އެކަށީގެންވާ ޤާނޫނީ ފިޔަވަޅު ނުއެޅި ލަސްވަމުންދާކަމަށް ޚުދު މަރުކަޒީ ބޭންކުން ޢިއުތިރާފުވެފައިވާ އެއީ ސަރުކާރުގެ ޒިންމާއެއް ނޫން ކަމުގައި ބުނުމަކީ ވަރަށް ބޭބުންޔާދު ބުނުމެއް. ކޯސްޓް ޕުޝް އިންފްލޭޝަން އެންމެ އަސާސީ އެއް ސަބަބު އެއީ ސަރުކާރަށް ފައިސާގެ އަގު ނުހިފެހެއްޓުން. ނުވިތާކަށް ދައުލަތަށް ލިބޭ އާމްދަނީ އާ ނުބައްދަލު, އިންތިހާ ގުނަ އިތުރު ޣައިރުވުނަދާރީ ޚަރަދު (ރެވެނިއު އެކްސްޕެންޑިޗަރ) ކުރަމުންދާ ދިއުމަކީ މި ބުނި އަލިފާނަށް ދަރުއެޅުން ނޫން ކަމެއް ކަމުގައި ނުވޭ. އެހެން ވިޔަސް ނަފާ ނަސީމު މިހެން ބުނީމާ ވަރަށް ހައިރާންވޭ.


2

އަދުރޭ

03-Mar-2023

މިހާރުވެސް ފުޑުކޮންޓުރޯލު ޑިޕާޓްމެންޓެން އުފައްދަވާ އަގުތައް ކޮންޓުރޯލު ކުރެވޭނެ މިކަމަކީ ރައީސްގެ ގަރާރަކުންވެސް ކުރެވޭނެކަމެއް ބޭނުންވަނީ ކުޑަވަގުތުކޮޅެއް އެއީ ގަރާރުނެރެލުމައް