ގުރައިދޫ ދާއިރާގެ އތމ ކޮމިޓީ އިންތިޚާބަށް އެމްއެންޕީން ތައްޔާރުވުމުގެ ތެރެއިން
ގުރައިދޫ ދާއިރާގެ އތމ ކޮމިޓީ އިންތިޚާބަށް އެމްއެންޕީން ތައްޔާރުވުމުގެ ތެރެއިން
ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީން ހުޅުވާލައިފިއެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްއެންޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ޕާޓީން ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެންޕީން ބުނީ ޕްރައިމަރީއެއް ބާއްވަން ޖެހިއްޖެނަމަ މި މަހުގެ 10 ވަނަ ދުވަހު ޕްރައިމަރީ ބާއްވާނެ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ބޭނުންވާ ބޭފުުންނަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުން ކުރިމަތިލުމަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. އެހެންކަމުން މި މަހުގެ 11 ވަނަ ދުވަހު ޕްރައިމަރީ ބާއްވަން އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން