މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، ހިމެނޭ ސަރުކާރަކުން ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ކަމަށް އެޕާޓީގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް ވިދާޅުވީ، މި އަހަރު އުފައްދާ އެމްޑީއޭ ހިމެނޭ ކޯލިޝަން ސަރުކާރު ވެގެންދާނީ ރައްޔިތުންނަށް ފުދުންތެރިކަން ގެނެސްދޭނެ ސަރުކާރަކަށް ކަމަށެވެ. ސިޔާމްގެ އެމްޑީއޭ އިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު އިއްތިހާދު ވުމަށް ނިންމާފައެވެ.
އެމްޑީއޭއިން އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކުއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިހް ގެންދަވަނީ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ޢަދާލަތު ޕާޓީއާއި އެމްޑީއޭއިން ވަނީ ރައީސް ޞާލިޙާއެކު އިއްތިހާދު ވުމަށް ނިންމާފައެވެ. ހަމައެއާއެކު އެހެން ޕާޓީތަކާއެކުވެސް އިއްތިހާދު ވުމަށް ރައީސް ޞާލިޙް ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.

2023gai MDA himeney coalition sarukaar vegen dhaanee dhivehi rayyithunah fudhutherikan genesdheyne sarukaarakah #Ibu2023
— Ahmed Siyam Mohamed, MP (@Sun_Siyam) March 4, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިހް ގެންދަވަނީ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ޢަދާލަތު ޕާޓީއާއި އެމްޑީއޭއިން ވަނީ ރައީސް ޞާލިޙާއެކު އިއްތިހާދު ވުމަށް ނިންމާފައެވެ. ހަމައެއާއެކު އެހެން ޕާޓީތަކާއެކުވެސް އިއްތިހާދު ވުމަށް ރައީސް ޞާލިޙް ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު