އިންފްލޭޝަން މައްޗަށް ދާއިރު މުސާރަ ބޮޑުކުރުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހާރު ގެންދަނީ ދަޢުލަތުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމަށްޓަކައި މުސާރައަށް ބަދަލުތައް ގެންނަމުންނެވެ. އެކަމާ ގުޅިގެން ފާޑުކިޔަމުންދާ ފަރާތްތަކަށް ރައްދު ދެއްވަމުން ޝަރީފު ވިދާޅުވީ، ބައެއް ފަރާތްތަކަށް ކަމުދާ އެއްގޮތްވެސް ނޯންނަ ކަމަށެވެ. އެގޮތުން މުސާރަ ކުޑަވެގެން މީގެކުރިން ހިތްހަމަނުޖެހިފައިތިބި ފަރާތްތައް މިހާރު ފާޑުކިޔަނީ މުސާރަ ބޮޑުކޮށްގެންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އިންފްލޭޝަން މައްޗަށްދާ ޒަމާނެއްގައި މުސާރަ ބޮޑުކުރުމަކީ ރައީސް ޞާލިހު ރަނގަޅަށް އެޅުއްވި ރަނގަޅު ފިޔަވަޅެއްކަމަށް ގަބޫލުކުރަށްވާ ކަމަށެވެ.
"މުސާރަ ބޮޑުކުރިޔަސް ކަމަކު ނުދޭ. އޮތްވަރަށް ބޭއްވިޔަސް ކަމަކު ނުދޭ. ޝަކުވާއަށް ހުއްޓުމެއް ނެތް." ޝަރީފް ވިދާޅުވެފައިވެއެވެ.
ދާދިފަހުން ރައީސް ޞާލިޙް ވަނީ ލެކްޗަރައިންނަށް ދޭ މުސާރަ ގާތްގަޑަކަށް 59 އިންސައްތަ ބޮޑުކޮށްދެއްވާފައެވެ. މިދިޔަ އަހަރުގެ މޭމަހު ސަރުކާރުން ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްދެއްވާފައެވެ.
ހަމައެއާއެކު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި، ޝަރުޢީ ދާއިރާއާއި، އިމާމުންނާއި، މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އައި.އެމް.އެފްއިން ލަފާކޮށްފައި ވަނީ ރާއްޖޭގެ އިންފްލޭޝަން ރޭޓު މިއަހަރު 4.9 އިންސައްތައަށް އަރާނެ ކަމަށެވެ.

Musaara bodu kuriyas kamaku nudhey. Oivarah beyviyas kamaku nudhey. Shakuvaayakah huttumeh nei. Ehenviyas inflation mahchah dhaa zamaanegga musaara bodu kurun e ee @ibusolih ragalhah elhuvvi ragalhu fiyavalheh kamah alhugadu gaboolu kuranee.
— Ibrahim Shareef (@AdduShareef) March 5, 2023
ދާދިފަހުން ރައީސް ޞާލިޙް ވަނީ ލެކްޗަރައިންނަށް ދޭ މުސާރަ ގާތްގަޑަކަށް 59 އިންސައްތަ ބޮޑުކޮށްދެއްވާފައެވެ. މިދިޔަ އަހަރުގެ މޭމަހު ސަރުކާރުން ވަނީ ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކޮށްދެއްވާފައެވެ.
ހަމައެއާއެކު ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި، ޝަރުޢީ ދާއިރާއާއި، އިމާމުންނާއި، މުދިމުންނާއި، ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
އައި.އެމް.އެފްއިން ލަފާކޮށްފައި ވަނީ ރާއްޖޭގެ އިންފްލޭޝަން ރޭޓު މިއަހަރު 4.9 އިންސައްތައަށް އަރާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު