ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވަކިނިންމެވުމެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނެވުމަށްފަހު ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވަނީ އިއްޔެގެ ވަގުތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމާއި ބައްދަލު ކުރަށްވައި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރަށްވާފައެވެ.
ރައީސް ޞާލިޙާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އިއްތިހާދުވުމަށް ނިންމާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން މިއަދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނައިވަޑައިގެން ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މީގެ ކުރިން ރައީސް ޞާލިޙްގެ މަންދޫބުންގެ ގޮތުގައި ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްވެސް ވަނީ ގާސިމާ ބައްދަލުކުރައްވައިފަ އެވެ. ހަމައެއާއެކު ޤާސިމްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޞާލިޙާއި ބައްދަލު ކުރަށްވާފައެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނީ އެ ޕާޓީގެ އާ ކައުންސިލުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.

Jumhooree party @Jumhooree_MV ge leader Qasim ibrahim riyasee inthikhaba medhu gotheh ninmavaanee qaumuge hama jehuma rayyithunge maslahathah v bodah visnaavadaigenfai kamaa medhu alhugadu shahkeh nukuran.
— Imran Abdulla (@ShimranAb) March 6, 2023
މީގެ ކުރިން ރައީސް ޞާލިޙްގެ މަންދޫބުންގެ ގޮތުގައި ހުޅުމާލެ ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްވެސް ވަނީ ގާސިމާ ބައްދަލުކުރައްވައިފަ އެވެ. ހަމައެއާއެކު ޤާސިމްވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޞާލިޙާއި ބައްދަލު ކުރަށްވާފައެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާމެދު ގޮތެއް ނިންމާނީ އެ ޕާޓީގެ އާ ކައުންސިލުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު