މިހާރު ވާނުވާ ޖަހާފައި ތިބޭނީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އެކަނި ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިހާރު ޖަލުތަކުގައި ވާނުވާ ޖަހާފައި ކުދި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ނުތިބޭނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ލިސްޓަކީ ޕީޖީ އޮފީހާއެކު މަހަކު އެއްފަހަރު މުރާޖަޢާކުރާ ލިސްޓެއް ކަމަށެވެ. އެގޮތުން ކޮންމެހެން ޖަލުގައި ހުންނަންޖެހޭ މީހަކުފިޔަވައި އިތުރު މީހަކު “ވާނުވާ” ބަންދެއްގައި ނުހުންނާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭނީ މައިގަނޑު ގޮތެއްގައި ގޭންގު މާރާމާރީތައް ނުވަތަ މީހެއްގެ މަރާ ގުޅުން ހުރި މައްސަލަތަކުގައި ނޫނީ ޑްރަގުގެ ވިޔަފާރި ކުރުމުގެ މައްސަލަތަކުގައި ނޫނީ ކުޑަކުދިންނާއި ޖިންސީ ފުރައްސާރައެއް ކޮށްފައިވާ މައްސަލަތަކުގައި،" އިމްރާން މިއަދު ވިދާޅުވިއެވެ.
"ވާނުވާ" ބަންދުގައި ތިބި މީހުންގެ މައްސަލަ ޙައްލުކުރެވޭނެ ހަމައެކަނި ގޮތަކީ އެފަދަ މީހުންގެ ޝަރީޢަތްތައް އަވަސްކުރުން ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
އިމްރާން ވިދާޅުވީ ޖަލުތަކުގެ އާއްމު ހާލަތު ރަނގަޅުކޮށް ރަށްރަށުގައި ފުލުހުންގެ އިދާރާތައް ޤާއިމުކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު