ކުށްކުރުމުގައި ބައިވެރިވާ އެތައް ފުލުހުންނެއް ވަޒީފާއިން ވަކިކޮށްފި ވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކުށްކުށަށް އަރައިގަތުމުގައި ބައެއް ފުލުހުންގެ ބައިވެރިވުން އޮންނަކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ އެމަނިކުފާނު ސޮއި ކުރެއްވުމަށްފަހު އެފަދަ އެތައް ފުލުހުންނެއް ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށެވެ. އިމްރާން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ފުލުހުންގެ އަދަދު، ހާމަކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރަށްވާނެ ކަމަށެވެ.
“އެތައް ފުލުހުންނެއް އަޅުގަނޑު ވާނީ ސީދާ ފިޔަވަޅު އަޅާ ކަނޑާލާފައި.” އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރާއިރު ވެސް ކުށަށް އަރައިގަތުމުގައި ފުލުހުންގެ ބައިވެރިވުން ހިމެނޭކަން އެނގިއްޖެ ނަމަ ސީދާ އެމަނިކުފާނަށް އެންގުމަށް އެދިފައިވާނެ ކަމަށެވެ.
ކުށަށް އަރައިގަތުމުގައި ސިޔާސީ ބައެއް ފަރާތްތަކުގެ ބައިވެރިވުން ވެސް ހިމެނޭކަން ފާހަގަކުރަށްވައި އިމްރާން ވިދާޅުވީ އެމަޢުލޫމާތު ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން އެކަން މަޖިލީހުގެ 241 ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު