ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނު ހަތްފަހަރު އުލު ބޭންދި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް ތާއީދު ކުރައްވަމުން ޝިފާއު ވިދާޅުވީ، ކަންކަންކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ޤާނޫނުތަކަށް ބަދަލު ގެނައުމަށް ތާޢީދު ކުރަށްވާ ކަމަށެވެ.
އެހެން ނަމަވެސް ލާމަރުކަޒީ ޤާނޫނަށް އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި ގެނެސްފައިވާ އިސްލާޙުތަކަށް ޝިފާއުވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން ޕީޕީއެމްގެ ސަރުކާރުގައި ލާމަރުކަޒީ ޤާނޫނުން ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް އަތުލައި، ހަތް ފަހަރު އެ ޤާނޫނު ''އުލު ބޭންދި'' ކަމަށް ޝިފާއު ވިދާޅުވިއެވެ.
“ލާމަރުކަޒީ ގާނޫނު ހަތްފަހަރު އުލު ބޭންދުނު ވާހަކަ، ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ދީފައި ހުރި ބާރުތައް ޕީޕީއެމް ސަރުކާރުން ގާނޫނަށް ގެނައި ކޮންމެ ބަދަލަކުން ވެރިކަމުގެ މުށުތެރެއަށް ގެނެސް، ވެރިކަމުގެ ބާރުގެ ތެރެއަށް ރަށްރަށުގެ ކައުންސިލްތައް ވެއްދިވާހަކަ،'' ޝިފާއު ވިދާޅުވިއެވެ.
ޝިފާޢު ވިދާޅުވީ، މި ސަރުކާރާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރި އެންމެ ބޮޑު މަސައްކަތަކީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާޙްތަކެއް ގެނެސް ރަށްރަށުގެ ކައުންސިލްތަކަށް އަމިއްލަ އިޚްތިޔާރުގައި މާލީ ހަރަކާތް ހިންގުމުގެ ފުރިހަމަ މިނިވަންކަން ދޫކޮށްލުން ކަމަށެވެ.
ޝިފާއު މިއަދު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް ރައްޔިތުން އިންތިޚާބުކުރާ މީހުންނަކީ ރައްޔިތުން ހަވާލުކުރި ޒިންމާއާއި ހަވާލުވެގެން އަންނަ ބައެއް ކަމަށެވެ. އެހެންކަމުން އިންތިޚާބު ކުރެވިފައިވާ މަންދޫބުން ރައްޔިތުންނަށް ލުއިފަސޭހަވާނެގޮތައް ކަންކުރުމަކީ މުހިންމުކަމެއް ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު