ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ބޭފުޅަކާމެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލަ އެކޯޓުން ބޭރުކޮށްލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކުރެއްވި މައްސަލައި ޕީޕީއެމްގެ ގާނޫނު ވަކީލުން ސުޕްރީމްކޯޓަށް ހުށައެޅުއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.
އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ ނައިބުރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވަންޖެހޭނެ ހަމައެކަނި ހާލަތެއްކަމަށް ގާނޫނު އަސާސީ ބުނާ ހާލަތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވާ ހާލަތުކަމަށްވެސް މައްސަލާގައިވެއެވެ.
އެހެންކަމުން ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ހުވާ ކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ނައިބުރައީސް އައްޔަނުވީކަމަށްވެސް ސުޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލާގައިވެއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލާފައިވާކަން ހާމަކުރެއްވީ އެމައްސަލަ ކޯޓަށް ހުށަހެޅުއްވި، ގާނޫނީ ވަކީލު އަހްމަދު ސިއްދީޤެވެ. އެމައްސަލަ ބޭރުކޮށްލި ސަބަބެއް ސިއްދީޤު ވިދާޅެއްނުވެއެވެ. ނަމަވެސް އެމައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކުރާފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ސިއްދީޤު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ތައިރޮއިޑް ސަރޖަރީއެއް ހެއްދެވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާ މިދިޔައަހަރުގެ ފެބުރުވަރީ 25 ވަނީ ހަވާލު ކުރައްވާފައެވެ. އަދި ނައިބް ރައީސް ފައިސަލް ނަސީމް ވަނީ ހަމައެދުވަހު ރައީސުލްޖުމުހޫރިއްޔާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެކަމުގެ ޤާނޫނޫ ހުވާ މަޖިލީހުގެ އިދާރާގައި ކުރައްވާފައެވެ.
އެހެންނަމަވެސް ތިންގަޑިއިރާއި ތިރީސް މިނެޓަށްފަހު ރައީސް ޞާލިޙްވަނީ ހަމަ އެދުވަހު އަލުން ރައީސްކަމުގެ ބާރުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައެވެ. މިއީ ރާއްޖޭގައި ރައީސްގެ ބާރުތައް ރަސްމީކޮށް ނާއިބު ރައީސާއި ހަވާލުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު