ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ވެލިދޫ ދާއިރާގެ ރައީސް މުހައްމަދު މާލިކް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް، އެމްޑީއޭ އާ ގުޅިވަޑައިގެންފިއެވެ.
މާލިކް އެމްޑީއޭ އާއި ގުޅިވަޑައިގެންނެވިކަން އެޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ. އެމްޑީއޭ އިން ބުނެފައިވަނީ، މާލިކް އެޕާޓީއަށް ސޮއި ކުރެއްވީ އިއްޔެ ކަމަށާއި، މާލިކުގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގަތީ، އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ކަމަށެވެ.
މާލިކް އެމްޑީއޭ އާއި ގުޅިފައިވާއިރު، އެމްޑީއޭ އިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މަސައްކަތް ކުރުމަށް އިއްތިހާދުވުމަށް ނިންމާފައެވެ. އެގޮތުން އެ ޕާޓީން މިހާރު ވަނީ އެޕާޓީގެ ތާޢީދު ބޮޑު ސަރަޙައްދުތަކުގައި ރައީސް ޞާލިޙަށް އިތުރު ތާޢީދު ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެމްޑީއޭއިން އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކުއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިހް ގެންދަވަނީ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ޢަދާލަތު ޕާޓީއާއި އެމްޑީއޭއިން ވަނީ ރައީސް ޞާލިޙާއެކު އިއްތިހާދު ވުމަށް ނިންމާފައެވެ. ހަމައެއާއެކު އެހެން ޕާޓީތަކާއެކުވެސް އިއްތިހާދު ވުމަށް ރައީސް ޞާލިޙް ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.

PPM Velidhoo Dhaairaage Raees Mohamed Malik MDA ah miyadhu soiy kurahvaafi...Maruhabaa Maalik 👌👏#Ibu2023 pic.twitter.com/wq5MasfhpE
— MDA Secretariat (@SecretariatMDA) March 7, 2023
އެމްޑީއޭއިން އެންމެ ފަހުން ކޯލިޝަން ހެދީ 2013 ވަނަ އަހަރު ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެކުއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޞާލިހް ގެންދަވަނީ ރިޔާސީ އިންތިޚާބަށް ކޯލިޝަން ހެދުމަށް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން ޢަދާލަތު ޕާޓީއާއި އެމްޑީއޭއިން ވަނީ ރައީސް ޞާލިޙާއެކު އިއްތިހާދު ވުމަށް ނިންމާފައެވެ. ހަމައެއާއެކު އެހެން ޕާޓީތަކާއެކުވެސް އިއްތިހާދު ވުމަށް ރައީސް ޞާލިޙް ގެންދަނީ މަޝްވަރާ ކުރަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު