މިދިޔަ އަހަރު ނިމުނުއިރު ދަޢުލަތުގެ ބެލުމުގެ ދަށުގައިތިބީ 187 ކުދިން ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ދައުލަތުގެ ބެލުމުގެ ދަށަށް މުޅިން އަލަށް 40 ކުއްޖަކު ވަނީ ގެނެސްފައެވެ. އެއީ 23 އަންހެން ކުދިންނާއި 17 ފިރިހެން ކުދިންނެވެ.

މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 105 ފިރިހެން ކުދިންނާއި 82 އަންހެން ކުދިންނެވެ. އޭގެ ތެރެއިން 10 ކުއްޖަކަށް ފޮސްޓަރިންގ ނުވަތަ ބެލެނިވެރިކަން ހޯދާދީފައިވެއެވެ. އެއީ އަންހެން ހަތް ކުދިންނާއި ފިރިހެން ތިން ކުއްޖެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ވަޒީފާގެ އިތުރުން އިންޓާންޝިޕުގެ ފުރުސަތު ހޯދައިދީ 40 ކުއްޖަކު މިދިޔަ އަހަރު ވަނީ ރީއިންޓެގްރޭޓް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން 22 ކުދިންނާއި ފިރިހެން 18 ކުއްޖެކެވެ.



ދާދިފަހުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، އެމައްސަލައަށް އޮތް ހަމައެކަނި ޙައްލު ނޫންކަމަށާއި، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމަޢާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީގެ ފަރާތުން 6 ރަށެއްގައި އަމާން ވެށިތަކެއް ޤާއިމުކޮށް، އެތަންތަނަށް ކުދިން ބަދަލުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން