ހއ. ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން
ހއ. ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން
ހއ. ކެލާ ބަނދަރު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެމް.ޓީ.ސީ.ސީން ފަށައިފިއެވެ.

އެމް.ޓީ.ސީ.ސީން ބުނީ، ހއ. ކެލާ ބަނދަރުގެ ދެވަނަ ފިޔަވަށްސަށް ބޭނުންވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުންދާކަމަށާއި، މި މަޝްރޫޢުގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12،768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، މޫރިންގް ބޮއި އިންސްޓޯލްކުރުގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ.



ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައި ވަނީ 30 ޖުލައި 2019 ގައެވެ. އަދި މަަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން ކެލާ ބަނދަރުގައި 30 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 220 މީޓަރުގެ ރިވެޓްމަންޓް ޖަހާ، 50 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް މަގު ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.

410 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވާ މި މަސައްކަތަކީ، ދަޢުލަތުގެ ބަޖެޓުން 17.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން