އައްޑޫ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދުމަށް އަނެއްކާވެސް އިޢުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އަޅާނެ ފަރާތެއް ހޯދުމަށް 24 މާރޗް 2022 ގައި ކޮށްފައިވާ އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ ބީލަންތައް ބާތިލުކުރުމަށްފަހު އެކަމަށް އަލުން ހުޅުވާލާ ކަމަށެވެ.

މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބިޑް ރަޖިސްޓްރޭޝަންގެ ގޮތުގައި 500 ރުފިޔާގެ ފީއެއް ދައްކަން ޖެހެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 3 އާ ހަމައަށެވެ. ހަމައެއާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 1,100,000 ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހިތަދޫގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ 200 ހައުސިން ޔުނިޓްގެ މަޝްރޫއުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ދާދިފަހުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހިތަދޫން 1500 އަކަފޫޓުގެ 500 ގޯތި ދޫކުރުމަށްވެސް އިޢުލާނުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން