ނ. މަނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ސަރުކާރުގެ މަގުހަދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލު ކޮށްފިއެވެ.

ސަރުކާރުން މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށެވެ.

މި މަޝްރޫއުގެ ދަށުން މަނަދޫ މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، 4.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މަގުތަކުގައި މަގުބައްތިޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާރމަނަންޓް ސެކްރަޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝާހިދެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 75.7 މިލިއަން ރުފިޔާ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން