ހުރަވީ ބިލްޑިން ޕާކިންގެ ދެ ކާރު ޒޯނު ރައީސް އޮފީހަށް ޚާއްސަ ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ އަމީރުއަހުމަދު މަގު ހުރަވީ ބިލްޑިންގ ޕާކިންގ ޒޯނުން 2 ކާރު ޒޯން ރައީސް އޮފީހަށް ޚާއްޞަކޮށްފައިވާ ކަމަށެވެ. މިގޮތަށް ހަމަޖެއްސީ ރައީސް އޮފީހުގެ އެދިލެއްވުމަކަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ހުރަވީ ބިލްޑިން ހުރި ބިމުގައި 226 ސައިކަލް ޕާކްކުރެވޭނެ ޒޯނެއް މާލޭ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވަނީ އެ ސަރަޙައްދަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ސަރަޙައްދަކަށް ވުމުންނެވެ.
35 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ހުރަމީ ބިލްޑިންގ ތަޅާލީ އެ ތަން ބާވެ، އެތަނަކީ ރައްކާތެރި ތަނެއް ނޫންކަމަށް ކަނޑައަޅާފައި ވަނިކޮށެވެ. ހުރަވީ ބިލްޑިންގަކީ ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހެދި އޮފީސް ޢިމާރާތެކެވެ.

ކިޔުންތެރިންގެ ހިޔާލު