ރިޔާސީ އިންތިޚާބުގެ މަޝްވަރާތައް ކުރުމަށްޓަކައި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ ދަށުން އުފައްދާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ފެށުމަށް މިހާރުވަނީ ސިޔާސީ ޕާޓީތަކަށާއި، މިނިވަން މުވައްސަސާތަކަށާއި، އިންތިޚާބުގެ ކަންތައްތައް އޮބްޒަރވް ކުރާ އެހެނިހެން ޖަމިއްޔާތަކަށްވެސް ދައުވަތު ދީފައެވެ.
ގައުމީ ލަފާދޭ ކޮމެޓީއަކީ ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް ދުރާލައި އިންތިހާބަށް ތައްޔާރުވުމަށްޓަކައި އެކުލަވާލާ ކޮމެޓީއެކެވެ. މި ކޮމެޓީގެ ބައްދަލުވުންތައް މެދު ކެނޑުމެއްނެތި އިންތިޚާބުގެ މަސައްކަތްތައް ނިމެންދެން ކޮންމެ ހަފްތާއަކުވެސް ބާއްވާނެއެވެ.
ޤައުމީ ލަފާދޭ ކޮމިޓީ މިއަހަރު އެކުލަވާލާފައިވަނީ މިނިވަން 10 މުއައްސަސާއަކާއި، ސިޔާސީ 8 ޕާޓީއެއްގެ އިތުރުން 3 ޖަމުއިއްޔާއަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މަންދޫބުންވެސް ހިމަނައިގެންނެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރު 9 ގައެވެ.

ކިޔުންތެރިންގެ ހިޔާލު