ސަރުކާރުން އުޅެނީ އިންތިހާބުތައް ރައްޔިތުންނަށް ނުފެންނަ ގޮތަށް ސިއްރުކުރަން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް މުއިއްޒު އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅުއްވި އިސްލާޙުގައި ބުނެފައިވަނީ އިންތިހާބުތަކުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ނޫސްތަކުން ހުށަހެޅޭނީ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަނި ކަމަށެވެ.

އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި ނުވަތަ ބްރޯޑްކާސްޓިންގެ ހިދުމަތެއް ދޭ ތަނެއްގައި ޚަބަރު ހޯދައި ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތައް ކަމަށް އިސްލާޙުގައި ވެއެވެ. އޭގެ ތެރޭގައި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުން ވެސް ހިމެނެ އެވެ.

މިއިސްލާޙަށް ބަހުސްކުރަށްވަމުން ޙަސަން ލަތީފްވަނީ ބިލުގައި ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަ ކުރަށްވާފައެވެ. އެގޮތުން ވޯޓު ގުނާ މަރުކަޒުގައި ތިބެވޭނީ ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކަމަށް ހުށައަޅާއަޅާފައިވާތީ އެކަމަށް ޙަސަން ލަތީފް ވަނީ ފާޑުވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ހަަސަން ލަތީފު ވިދާޅުވީ ރާއްޖޭގެ މީޑިއާތަކަކީ މާގިނަ މުވައްޒަފުން ލައިގެން ހިންގާ ތަންތަނަށް ނޫން ކަމަށެވެ. އެހެންކަމުން ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް އެކަނި، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރި ވެވޭގޮތަށް ހަނިކޮށްފިނަމަ މުޅި ރާއްޖޭގައި ބާއްވާ އިންތިހާބުތައް މީޑިއާތަކަށް ކަވަރު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު އެގޮތަށް އެކަން މާނަކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ވަޒީފާއެއް ދީފައި އޮތުމާ އެއްހަމަ ކުރުން ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"މިގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅީ އިންތިހާބުތައް ރައްޔިތުންނަށް ނުފެންނަ ގޮތަށް ސިއްރުކުރަންތޯ؟" ޙަސަން ލަތީފް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް މުއިއްޒު ހުށަހެޅުއްވި ބިލު ގާނޫނަކަށް ބަދަލު ވެއްޖެ ނަަމަ މީޑިއާތަކުން އިންތިހާބުތައް ކަވަކުރަން އާއްމުކޮށް ނަގާ، މޮނިޓަރުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފާހެއް ދުލެއް ނުކުރެވޭނެ އެވެ. ހަމައެއާއެކު އިންތިހާބުތަކުގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ނޫސްތަކުން ހުށަހެޅޭނީ "ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް" އެކަންޏެވެ.



ކިޔުންތެރިންގެ ހިޔާލު


3

ޢަލީ

14-Mar-2023

ޙަސަން މެން ކިތަންމެ ވަރަށް ވިޔަސް ވެރިކަމެއް ސާހިބު މީހާއަށް ދޭކަށް ރާއްޖޭ ރައްޔިތުން ބޭނުން ނުވާނެ.