ގއ. ކޮލަމާފުށީ ޕްރިންޓް ކުރާތަނެއްގައި ރޯވި އަލިފާން ފުލުހުންނާއި ޢާއްމުން ގުޅިގެން ނިއްވާލައިފިއެވެ.

ފުލުހުން މިއަދު ބުނީ ކޮލަމާފުށީގެ ޕްރިންޓްކުރާ ތަނެއްގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށާއި މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށެވެ.

ގއ ކޮލަމާފުށީގައި ޕްރިންޓް ކުރުމަށް ބޭނުން ކުރާ ތަނެއްގައި އަލިފާން ރޯވެގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފައިވަނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. މިއަލިފާނުގެ މިހާދިސާގައި އެތަންވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.

ކޮލަމާފުށީ ކައުންސިލުން ބުނީ މިހާދިސާގައި ލިބުނު ގެއްލުން 8 މިލިއަނާއި ގާތްކުރާނެކަމަށެވެ. ފުލުހުން ބުނީ ޙާދިސާ ހިނގިގޮތް އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން