ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ޖުމްހޫރީޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރުމަށް ފާސްކުރީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ނިންމުމާއެކު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރުވެސް ޖޭޕީގެ ކައުންސިލުން ޤާސިމަށްވަނީ އަރުވާފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީގެ މި ނިންމުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ދާދިފަހުން ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ލީޑަރުންވަނީ ޖޭޕީގެ ލީޑަރ ޤާސިމާއެކު ގިނަ މަޝްވަރާތަކެއް ބާއްވަވާފައެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު


0

ހުސޭނުބެ

15-Mar-2023

ނަހުލާވެސް ދެންތިބި ޖޭޕީގެ މިނިސްޓަރުންވެސް މިހާރުން މިހާރަށް ސަރުކާރުން ބޭރުކުރާށެވެ. އެއް ޓީމެއްގައި ދެކޮޅަށް ކުޅޭ މީހުން ތިބީމާ ޓީމަށް ލިބޭނީ ފޫނުބެއްދޭވަރުގެ ގެއްލުމެވެ.