ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ލީޑަރޝިޕްގައި މިއަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާއެކު ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގެ ޢަދާލަތު ޕާޓީގައި އިސްކޮށް ޙަރަކާތްތެރިވެލައްވާ ޢަލީ ޒާހިރު މިރޭ ވިދާޅުވީ ޢަދާލަތު ޕާޓީއާއި އެމްޑީއޭ އާއެކު މިއަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ޞާލިޙް ކާމިޔާބު ކުރަށްވާނީ ފަސޭހަކަމާއެކު ކަމަށެވެ.

ޢަލީ ޒާހިރު މިމޭރުމުން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރުމަށް ސަރުކާރު ކޯލިޝަންގެ ޖުމްހޫރީ ޕާޓީންވަނީ ނިންމާފައެވެ. މީގެ ކުރިން ސަރުކާރުން ވަނީ ޤާސިމްގެ ތާޢީދު ރިޔާސީ އިންތިޚާބަށް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.



ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ވަކިނިންމެވުމެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވިސްނެވުމަށްފަހު ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.



މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް