ޖުމްހޫރީ ޕާޓީ އާއި ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުމުގެ” ޖޮއިންޓް ޕީޖީ ގްރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރުމަށް މިރޭ ނިންމައިފިއެވެ.
ފިކުރެއްގެ ދިރުމުން ބޮޑުފެންވަޅުގޭގައި މިރޭ ބޭއްވި ޕީޖީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުالله ވަނީ ފިކުރެއްގެ ދިރުމާއި ޖޭޕީ ގުޅިގެން މަޖިލީހުގައި ކުރިއަށް ދިއުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެކަމަށް އީވާ ވިދާޅުވިއެވެ.
ނަމަވެސް މިކަމާ ބެހޭގޮތުން ޖޭޕީން ރަސްމީކޮށް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
އީވާ މިރޭ ވިދާޅުވީ “ފިކުރެއްގެ ދިރުމަށް” ނިސްބަތްވާ މަޖިލީހުގެ މެންބަރުން ހުށައަޅުއްވާ މައްސަލަތައް މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އިތުރު މެންބަރުންގެ އެއްބާރުލުން ހޯދަންޖެހޭ ކަމަށެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެންބަރުން ހުށައެޅުއްވި މައްސަލަތައް ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.
އީވާ ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއެކު އެމްޑީޕީއަށް ރައީސް ޞާލިޙާއެކު މުސްތަޤުބަލެއް ނެތްކަން ކަށަވަރުވެގެން ގޮސްފައިވާ ކަމަށެވެ. ހަމައެއާއެކު އެމްޑީޕީއަށާއި، އެ ޕާޓީގެ މެމްބަރުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް ނަޝީދުގެ އިރުޝާދާއެކު ކުރިއަށް ދިއުން ކަމަށާއި، ޤައުމަށްވެސް އަދި ޕާޓީއަށްވެސް ލިބުނު ކާމިޔާބެއް ލިބިފައިވަނީ އެމަނިކުފާނުގެ ފަހަތްޕުޅުން ގޮސްގެން ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ މިމޭރުމުން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ޢަމަލު ކުރާނެ ގޮތެއް ނިންމަވާނީ ފަހުންކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު