ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހުކުރުދުވަހު މުޅި ރާއްޖޭގައި އިޙްތިޖާޖު ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނިންމައިފިއެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ، މިހިނގާލުމަކީ ނުހައްގުން ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހިނގާލުމެއްކަމަށެވެ. މާލޭގައި ހިނގާލުން ފަށާނީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
ޝުޖާ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ހުކުރުދުވަހު މިހިނގާލުން ކުރިއަށްދާނެކަމަށެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު 25ގައެވެ.
މިހުކުމުން ބަރީއަ ނުވެވިއްޖެނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައިވަނީ މާޗް މަސް ނިމުމުގެ ކުރިން ހައިކޯޓްގެ އިސްތިއުނާފީ މަރުހަލަ ނިމި ރައީސް ޔާމީން މިނިވަންވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ރައީސް ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު