މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމް.އެލް.އެސް.ޑީ.ޕީ) އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) މިއަދު އުވާލައި ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުން އުނިކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 12 ވަނަ މާއްދާގައި ވާގޮތުން ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް 3000 މެންބަރުން ހަމަވާންޖެހޭ ކަމަށެވެ. ނަމަވެސް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ދިވެހިރައްޔިތުންގެ ޕާޓީއަށް ދިން 3 މަސް ދުވަހުގެ މުއްދަތުގައި އެޕާޓީތަކަށް މެންބަރުން ހަމަކުރެވިފައި ނެތް ކަމަށް އީސީން ވަނީ ބުނެފައެވެ.
އީސީން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެމަތިން ޕާޓީ އުވާލުމަށް ނިންމާ، ޕާޓީގެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް އެންގުމަށް ދެވުނު މުއްދަތުގައި، ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގާފައިނުވާތީ އެ ދެޕާޓީގެ ދަރަންޏަށް ޒިންމާވާނީ ސިޔާސީ ޕާޓީގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ބ) ގައި ވާގޮތުގެ މަތިން އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނެވި ފަރާތްކަމުގައި ކަނޑައަޅާ ކަމަށެވެ.
އެގޮތަށް ކަނޑައެޅުމަށްފަހު އީސީން މިއަދު ވަނީ ލޭބަރ ޕާޓީ އާއި ޑީ.އާރު.ޕީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށް އުވާލާފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާންޖެހޭނެ ކަމަށެވެ. އަދި އެ ޢަދަދަށް މެންބަރުން ހަމަނުވާނަމަ މެންބަރުން ހަމަކުރުމަށް 3 މަސްދުވަހުގެ މުހުލަތެއް ދޭންޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި މެމްބަރުން ހަމަނުކުރާނަމަ އެ ޕާޓީއެއް އުވިގެންދާނެ ކަމަށް ޤާނޫނުގައިވެއެވެ.
ރާއްޖޭގައި މިވަގުތު 11 ސިޔާސީ ޕާޓީއެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. ނަމަވެސް ދަޢުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު